ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެކުއަކަލްޗަރ ދާއިރާ ކުރިއެރުވުމަށް ޗައިނާގެ ކުންފުންޏަކާއިއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފި

ރާއްޖޭގައި އެކުއަކަލްޗަރ ދާއިރާ ކުރިއެރުވުމަށް ޗައިނާގެ ކުންފުންޏަކާއިއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. މި ފަހުމުނާމާގައި ސޮއިކުރެއްވީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު މިހާރު ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާގެ ދަށުން ހިނގަމުންދާ މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓާއި، ޗައިނާ ޕީޕަލްސް ރިޕަބްލިކްގެ ފުޖިއަން ފިޝަރީޒް ރިސަރޗް އިންސްޓިޓިއުޓާއި ދެމެދުއެވެ. މި އެއްބަސްވުމުގައި މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓްގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ޝިމާލްއެވެ.

މި ފަހުމުނާމާގެ މައިގަނޑު މަޤްޞަދަކީ އެކުއަކަލްޗަރ ދާއިރާ ކުރިއެރުވުމާ ގުޅޭ ދިރާސާތައް ކުރިއަށްގެންގޮސް، ރާއްޖެއަށް މި ދާއިރާއިން ޒަމާނީ ޓެކްނޮލޮޖީ ތަޢާރަފުކުރުމެވެ. އަދި ތިމާވެއްޓާ ރައްޓެހި، ދެމެހެއްޓެނިވި ގޮތަކަށް މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ގޮތްތައް ހޯދުމަށްވެސް ގުޅިގެން މަސައްކަތްތައް ކުރެވޭނެ ކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

މި ފަހުމުނާމާއަކީ ތިމާވެށި ރައްކާތެރިކުރުމަށް ދިވެހިރާއްޖެ އާއި ޗައިނާއިން ދޭ ޚާއްޞަ ސަމާލުކަން ހާމަކޮށްދޭ މުހިންމު ފިޔަވަޅެއް ކަމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި އެކުއަކަލްޗަރ ދާއިރާ ތަރައްޤީކުރުމަށް އެޅޭ މިއީ އިތުރު ހަރުދަނާ ފިޔަވަޅެއްކަމަށްވެސް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

މި އެއްބަސްވުމުގެ ސަބަބުން ދެ ޤައުމުގެ މެދުގައި ޢިލްމީ އަދި ޓެކްނިކަލް ގުޅުން އިތުރަށް ބަދަހިވެ، ކަނޑުގެ ދިރުންތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ފުޅާކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުނެވެ. އޭގެތެރެއިން މި ސިނާއަތް ސިންދަފާތުކުރުމުގެ މަސައްކަތްތައް ފާހަގަކޮށްލެވެއެވެ.

ރާއްޖޭގެ 99 އިންސައްތައަކީ ކަނޑުގެ ސަރަހައްދުކަމަށް ވާއިރު، މި ސަރަހައްދުތަކުން އާންމުންނަށް ލިބޭ މަންފާ އެންމެ އެދެވޭ ގޮތެއްގައި ފޯރުކޮށްދިނުމަކީ އަދުގެ ސަރުކާރުގެ އަމާޒެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޗައިނާގެ އައު އަހަރުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

ޗައިނާގެ ތަރައްޤީގެ މަންފާ ރާއްޖެއަށާއި ދުނިޔެއަށް ލިބޭނެ: ސަފީރު ކޮންގް

Image 20

ޗައިނާ އިން ރާއްޖެއަށް 85 މިލިއަން ޑޮލަރުގެ އެހީއެއް ދީފި

ދިއްގަރު މަސްވެރިކަމުގެ އުފެއްދުންތައް ބްރޭންޑުކޮށް، މާކެޓުކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފި