ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސިޓީ ޕާކް ތަރައްގީކުރުމުގެ މަސައްކަތް އޮކްޓޯބަރު މަހަށް ނިންމަނީ

66

ގަލޮޅު ސިޓީ ޕާކް ތަރައްގީކުރުމުގެ މަސައްކަތް އަންނަ އޮކްޓޯބަރު މަހަށް ނިންމަން މަސައްކަތް ކުރަމުން އަންނަ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

އެ ކައުންސިލުން ބުނީ ސިޓީ ޕާކް ތަރައްގީ ކުރުމުގެ މަސައްކަތުގެ ފޭސް 2 ގެ 65 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.

އެގޮތުން ފޭސް 2 ގެ ކޮންކްރިޓް މަސައްކަތްތައް އެއްކޮށް ނިމިފައިވާއިރު، އެ ޕާކުގެ މަސައްކަތްތައް އަންނަ އޮކްޓޯބަރު މަހުގެ ނިޔަލަށް ނިންމުމަށް، ކައުންސިލުން އެ މަސައްކަތް ހަވާލުކޮށްފައިވާ ކޮންޓެކްޓަރުން މަސައްކަތް ކުރަމުން އަންނަ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުންޏެވެ.

ގަލޮޅު ސިޓީ ޕާކުގެ މަސައްކަތް ކުރިއަށް ދަނީ، ގަލޮޅު ރައްޔިތުންގެ ހިޔާލާއި މަޝްވަރާޔާއެކު އެވެ. އަދި މި ޕާކުގެ މަސައްކަތް ނިމޭއިރު، ޕާކުގައި ކަސްރަތު ކުރުމަށް ބޭނުންވާ ވަސީލަތްތަކާއި ބެންޑްމިންޓަން ކޯޓަކާއި ތްރީ އޮން ތްރީ ބާސްކެޓް ކޯޓަކާއި ކުޑަކުދިން ކުޅޭނެ ހުސް ސަރަހައްދަކާއި އަދި އައުޓްޑޯ ޖިމެއް ވެސް ހުންނާނެއެވެ.

ގިނަ އަހަރު ތަކެއް ވަންދެން އެއްވެސް ބޭނުމެއް ނުހިފި، ވީރާނަވަމުން ދިޔަ މި ޕާކުގައި އިވެންޓްތައް ބޭއްވުމަށް ޚާއްސަ ކުރެވިފައިވާ ސަރަހައްދަކާއި އުމުރުން ދުވަސްމީ ބޭފުޅުން ހިތްހަމަ ޖައްސާލުމަށް މަޑުކޮށްލައިގެން ތިބުމަށް ތައްޔާރުކޮށްފައިވާ ސަރަހައްދެއް ވެސް ހެދުމަށް ވަނީ ހަމަޖެހިފައެވެ.

ގަލޮޅު ސިޓީ ފާކް ތަރައްގީ ކުރުމުގެ މަސައްކަތަކީ، މާލެ ސިޓީއަކީ އަމާން ހިތްފަސޭހަ ރައްކާތެރި އަދި އެކަކު އަނެކަކަށް އަޅައިލައި، ހިތް ހެޔޮ އޯގާތެރި ރައްޔިތަކު ދިރިއުޅޭ ސިޓީއަކަށް ހެދެމަށް ކުރަމުންގެންދާ ގިނަ ގުނަ މަސައްކަތުގެ ތެރޭގައި ހިމަނައިގެން ކުރާ މަސައްކަތެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Iu

ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ރަސްމީ ފާލަމާ ދެމެދުގެ ސަރަހައްދު ހުރި ކަނޑު އުޅަނދުތައް ނަގަން އަންގައިފި

Male city council

ނައްތާލަން ބޭނުންވާ ބައު މުސްހަފުތައް ސިޓީ ކައުންސިލާ ހަވާލުކުރަން ހުޅުވާލައިފި

councilor nahula ali

ނަހުލާ ރަސްމީ ލިޔެކިޔުންތަކެއް ވީދާލި މައްސަލަ ފުލުހަށް ހުށަހަޅައިފި

މާލޭ ސިޓީ ކައުންސިލްގެ ގުރުއާން އަދި މަދަހަ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި