ކުއްލި ޚަބަރު

ފުލުހުންނާ ހަވާލުކޮށްފައިވާ އެންމެ ބޮޑު ޒިންމާ އަކީ ޑްރަގްގެ ވަބާ ރާއްޖެއިން ނައްތާލުން: އިހްސާން

މިއަދާއި މާދަމާވެސް ވައި ވަރަށް ނުސާފު، ބޭރަށް ދާއިރު މާސްކު ބޭނުންކުރުން މުހިއްމު

ސިނގިރޭޓް ވައްކަން: އާއްޓޭ އާއި ދިގަލި ހިމެނޭހެން 10 މީހަކަށް ދައުވާކޮށްފި

ސިވިލް ސާވިސްގެ ޚިދުމަތުގެ މުއްދަތު ގުނާ ގޮތަށް ގެނައި ބަދަލު ބާތިލުކޮށްފި

Whatsapp image 2025 09 07 at 19.33.36

ސިވިލް ސާވިސްއަށް ހިދުމަތްކުރި މުއްދަތު ގުނާއިރު، ދައުލަތުގެ އެހެން އިދާރާއެއްގައި ނުވަތަ ކުންފުންޏެއްގައި ޚިދުމަތްކުރި މުއްދަތު ވެސް ގުނާ ގޮތަށް ގެނައި ބަދަލު ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ން ބާތިލުކޮށްފި އެވެ.

ސީއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ވަޒީފާއިން ރިޓަޔާކުރާއިރު ހިދުމަތުގެ މުއްދަތު ގުނާއިރު ސަރުކާރުގެ މައި ހިއްސާ އޮންނަ ކުންފުނިތަކާއި ދައުލަތުގެ އެހެން އިދާރާތަކުގައި ހިދުމަތްކުރި މުއްދަތު ގުނަން މީގެކުރިން އެ ކޮމިޝަނުން ނިންމި ނިންމުން ބާތިލްކޮށްފައިވާ ކަމަށެވެ.

އެ ސާކިޔުލާ ބާތިލްކުރީ ސަރުކާރުގެ އެހެން އިދާރާތަކާ މަޝްވަރާކުރަން ކަމަށް އެ ބަޔާނުގައިވެ އެވެ.

އެ ކޮމިޝަނުން އެ ސާކިޔުލާ ބާތިލްކޮށްފައި ވަނީ އާ ދެ މެންބަރަކު އެ ކޮމިޝަނަށް މިއަދު އައްޔަންކުރި ފަހުންނެވެ.

އެ ކޮމިޝަނުގެ މެންބަރު ކަމަށް ކުރީގެ ރައީސް މުހައްމަދު ނާސިހާއި ޑރ. ދީބާ މޫސާ އާއި ޑރ. ހުސައިން ފާއިޒު މިއަދު ވަނީ އައްޔަންކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ސިވިލް ސާވިސް ގަވާއިދަށް ބޮޑު ދެ ބަދަލު

މުޖުތާޒު ސީއެސްސީގެ ރައީސަކަށް, ނާސިހު ނާއިބަކަށް އައްޔަންކުރަން ފޮނުވައިފި

419343 4ae86ad9 3

ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރު ކަމަށް ތިން ބޭފުޅަކު އައްޔަންކުރައްވައިފި

112

ސީއެސްސީގެ މެންބަރުކަމަށް ކުރިމަތިލާން އަލުން ހުޅުވާލައިފި

TTH_advertisement