ކުއްލި ޚަބަރު

މާލެއާއި ވިލިމާލޭގެ މަގުތަކުގެ ޑިޒައިން މަރުހަލާ ފެށުމަށް ޗައިނާއާއެކު އެލްއޯއީގައި ސޮއިކޮށްފި

މީޑިއާ ކޮމިޝަނުގެ ރައީސް ކަމަށް ފަރުޝަތު އައްޔަންކުރަނީ

ސައިކަލެއް ކޮންޓްރޯލު ނުވެ ގޮސް ކްލިނިކެއްގެ ފާމަސީ ތެރެއަށް ވަދެއްޖެ

ދުނިޔޭގެ އޯޒޯން ދުވަސް މި އަހަރުވެސް ކުލަގަދަ ގޮތެއްގައި ފާހަގަކުރަނީ

11

ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު ފާހަގަކުރަމުން އަންނަ ދުނިޔޭގެ އޯޒޯން ދުވަސް މި އަހަރުވެސް ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަންމަންޓް އިން  ނިންމައިފިއެވެ.

މިނިސްޓްރީން މިއަދު ބުނީ އޯޒޯން ދުވަސް ފާހަގަކުރުމުގެ އިތުރުން ވިއެނާ ކޮންވެންޝަނަށް 40 އަހަރު ފުރުމުގެ މުނާސަބަތުގައި މި މަހުގެ 19 ވާ ހުކުރު ދުވަހު ބޭއްވުމަށް ރާވަމުންދާ މި ހަރަކާތްތަކުގެ މައިގަނޑު މަޤްސަދަކީ އޯޒޯން ފަށަލަ ހިމާޔަތްކުރުމުގެ މުހިންމުކަމާއި، އޯޒޯން ފަށަލަ ހިމާޔަތްކުރުމުގެ މަޤްސަދުގައި އެކުލަވާލާފައިވާ ބައިނަލްޢަޤްވާމީ އެއްބަސްވުންތަކުގެ ދަށުން އަންނާނެ ބަދަލުތަކާއި، މި ބަދަލުތަކަށް ޢަމަލުކުރުމަށް ފަރުދީ ގޮތުން ކުރެވިދާނެ ކަންކަން ހިމެނޭހެން އާންމުން ހޭލުންތެރިކަން އިތުރުކުރުން ކަމަށެވެ.

މި އިވެންޓްގެ ތެރޭގައި ހިމެނޭ އިންޓަރެކްޓިވް ސްޓޯލްތަކުގެ ތެރެއިން އެކި ފަރާތްތަކުން ކުރަމުންގެންދާ ތިމާވެއްޓާ ރައްޓެހި ހަރަކާތްތައް ދައްކާލުމުގެ އިތުރުން ލޭޒަރ ވޯލް އެއްވެސް ހިމެނެއެވެ.

މިނިސްޓްރީން ބުނީ މި ހަރަކާތުގެ ތެރޭގައި ކާބޯތަކެތި ވިއްކާ ސްޓޯލްތަކެއް ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށެވެ.

”ވެންޑަރުންނަށް އެ ތަނުގައި 10×10 ފޫޓް ސްޓޯލްގެ ޖާގައެއް ފޯރުކޮށްދެވޭނެއެވެ. އަދި އެމީހުންގެ ކާބޯތަކެތި ސީދާ އިވެންޓަށް ހާޒިރުވާ ފަރާތްތަކަށް ވިއްކޭނެ އުސޫލު ހަމަޖެހިފައިވާނެއެވެ. މި އިވެންޓްގެ އެންމެހާ ހަރަކާތްތައް ކުރިއަށްދަނީ، ތިމާވެށި ހިމާޔަތްކުރުމުގެ ޒިންމާއާ އެއްގޮތްވާ ގޮތުގެ މަތިންކަން ކަށަވަރު ކުރުމުގެ ގޮތުން، ކާބޯތަކެތި ވިއްކުމުގައި އަމަލުކުރުމަށް ގައިޑްލައިންތަކެއް އެކުލަވާލާ، މި އިއުލާނާއެކު އެޓޭޗްކޮށްފައިވާނެ“ މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައި ވެއެވެ.

ހަމައެހެންމެ އިވެންޓް ބޭއްވުމަށް ހަމަޖެހިފައިވާ ތަނާއި ގަޑިވެސް މަޢުލޫމާތު ޝީޓުގައި ހިމަނާފައިވާނެ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

އެހެންކަމުން  މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދައުވަތު އަރުވާ އެ މިނިސްޓްރީން ވަނީ މިކަމަށް ޝައުގުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށް ދިނުމުގެ ގޮތުން އެޓޭޗްކޮށްފައިވާ މައުލޫމާތު ޝީޓުގައި ބަޔާންކޮށްފައިވާ މައުލޫމާތައް ހުށަހެޅުމަށް އެދިފައެވެ.

އެނވަޔަރަންމަންޓް މިނިސްޓްރީން ބުނީ އެ  މަސައްކަތުގެ މައުލޫމާތު ޝީޓު މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށެވެ.

މީގެ އިތުރުން ޝައުގުވެރިވާ ފަރާތްތަކުން މަޢުލޫމާތު ހުށަހަޅަންޖެހޭ އެންމެ ފަހު ތާރީޚަކީ 09 ސެޕްޓެމްބަރު 2025 ވާ އަންގާރަ ދުވަހުގެ 12:00 ކަމަށާއި މައުލޫމާތު ހުށަހަޅާނީ އޮންލައިންކޮށް އީމެއިލްގެ ޒަރީއާއިން [email protected] އަށް ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

މި މަސައްކަތާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 3018367/3018368 އަށް ގުޅުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Whatsapp image 2025 09 03 at 20.07.25

ދެ ރަށެއްގައި ކުނި މެނޭޖްކުރާ ސެންޓަރުތައް އަޅަން ހަވާލުކޮށްފި

TTH_advertisement