ކުއްލި ޚަބަރު

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

ބިދޭސީ މީހާގެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

އެކި ފިހާރަތަކަށް ސައްހަނޫން ސުލިޕް ފޮނުވައިގެން ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފި

ފްލެޓްތައް ހަވާލުކުރަން ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމުގެ ފުރުސަތު ހުޅުވާލައިފި

11

ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިމާރާތްކޮށްފައިވާ 4،000 ފްލެޓު ހަވާލުކުރުމުގެ މަސައްކަތް ފެށުމަށްޓަކައި، ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމުގެ ފުރުސަތު ފަހި ދިރިއުޅުން ކޯޕަރޭޝަނުން މިއަދު ހުޅުވާލައިފިއެވެ.

އެ ކުންފުނިން މިއަދު ވަނީ ފްލެޓްގެ އެއްބަސްވުމުގައި ސޮއިކުރި މީހުންނަށް ސެކިޔުރީޓީ ޑިޕޮސިޓް ފައިސާ ދައްކަން އެސްއެމްއެސް މެދުވެރިކޮށް އަންގަން ފަށާފައެވެ.

މިހާތަނަށް ގާތްގަނޑަކަށް 3،000 މީހަކާއެކު އެއްބަސްވުމުގައި ސޮއިކޮށް ވަނީ ނިމިފައެވެ.

އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގައި ދެ ކޮޓަރީގެ އެޕާޓްމަންޓުތަކުގެ ކުލީގެ ގޮތުގައި ކަނޑައަޅާފައިވަނީ 7،000 ރުފިޔާއެވެ. މީގެ އިތުރުން މެއިންޓެނަންސް ފީގެ ގޮތުގައި 1،000 ރުފިޔާ އަދި ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި 15،000 ރުފިޔާ ދައްކަން ޖެހެއެވެ.

ތިން ކޮޓަރީގެ ފްލެޓްތަކުގެ ކުލީގެ ގޮތުގައި 9،500 ރުފިޔާ، މެއިންޓެނަންސް ފީގެ ގޮތުގައި 1،500 ރުފިޔާ އަދި ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި 25،000 ރުފިޔާ ދައްކަންޖެހެއެވެ.

ފްލެޓުގެ އެއްބަސްވުމުގައި ސޮއިކުރާ ފަރާތްތަކަށް ފެން، ކަރަންޓް، ގޭސް އަދި ކޭބަލް ފަދަ އަސާސީ ހުރިހާ ޚިދުމަތްތަކަށް އެ ކުންފުނިން ރަޖިސްޓްރީކޮށްދޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

FDC

މި މަހުގެ 25 ގެ ކުރިން ހުރިހާ ފްލެޓެއް ހަވާލުކޮށް ނިމޭނެ: ހަމްދާން

Mal

ފްލެޓްތައް ކުއްޔަށް ދޭނަމަ އަތުލާނަން: ހަމްދާން

Mal

ގެދޮރުވެރިޔާ ފްލެޓެއް 25،000 ރުފިޔާއަށް ކުއްޔަށްދޭން އިއުލާންކޮށްފި

Ii

ގެދޮރުވެރިޔާ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފަށައިފި

TTH_advertisement