ކުއްލި ޚަބަރު

ސިޓީ ޕާކް ތަރައްގީކުރުމުގެ މަސައްކަތް އޮކްޓޯބަރު މަހަށް ނިންމަނީ

އެއާޕޯޓުގެ އެމަޖެންސީ އެކްސަސައިޒްއާ ގުޅިގެން ސިނަމާލެ ބްރިޖު ބަންދުކުރަން ނިންމައިފި

ސިވިލް ސާވިސްގެ ޚިދުމަތުގެ މުއްދަތު ގުނާ ގޮތަށް ގެނައި ބަދަލު ބާތިލުކޮށްފި

ބޮޑު ޗުއްޓީގައި މެލޭޝިއާ އަދި ބެންކޮކަށް މޯލްޑިވިއަންގެ ޚާއްސަ ދަތުރުތަކެއް ބާއްވަނީ

ސްކޫލް ބޮޑު ޗުއްޓީއާ ދިމާކޮށް މޯލްޑިވިއަނުން މެލޭޝިއާ އަދި ބެންކޮކަށް ޚާއްޞަ ދަތުރުތަކެއް ބޭއްވުމަށް ނިންމައިފިއެވެ.

ޤައުމީ އެއަރލައިން މޯލްޑިވިއަނުން ވިދާޅުވީ މެލޭޝިއާގެ ކުއަލަލަންޕޫރު އަދި ތައިލޭންޑުގެ ބެންކޮކަށް މިއަހަރުގެ ޑިސެމްބަރުމަހު އަދި ކުރިއަށް އޮތް ޖަނަވަރީ މަހު ބާއްވާ ޚާއްސަ ދަތުރުތަކަށް ޓިކެޓު ބުކް ކުރުމަށް މިހާރު ހުޅުވާލާފައިވާކަމަށެވެ.

މި ދެ މަންޒިލަށް ބާއްވާ ދަތުރުތަކުގެ އަގު އުޅެނީ މެލޭޝިއާއަށް ދެކޮޅު ޓިކެޓު 355 ޑޮލަރަށް އަދި ބެންކޮކަށް 399 ޑޮލަރަށެވެ. މެލޭޝިއާއަށް ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ 21 ޑިސެމްބަރުން ޖަނައަރީ 11އަށް، ކޮންމެ ހަފްތާއެއްގެ އާދިއްތަ ދުވަހުއެވެ. އަދި ބެންކޮކަށް ދަތުރުތައް ބޭއްވުމަށް ހަމެހިފައިވަނީ ޑިސެމްބަރު 23 އިން ޖަނަވަރީ 13އަށް ކޮންމެ ހަފްތާއެއްގެ އަންގާރަދުވަހުއެވެ.

މޯލްޑިވިއަނުން މީގެ ކުރިންވެސް ރާއްޖެއާއި މެލޭޝިއާއި ދެމެދު ޚާއްޞަ އަދި ސީޒަނަލް ދަތުރުތަކެއް ބާއްވާފައިވެއެވެ. އަދި މި ދަތުރުތަކުގެ ސަބަބުން މެލޭޝިއާއަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް ފަސޭހަ ފުރުސަތުތަކެއް ފަހިވެގެންދެއެވެ.

މެލޭޝިއާ އަދި ބެންކޮކަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް މިހާރު ޓިކެޓު ބުކް ކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، މޯލްޑިވިއަންގެ ވެބްސައިޓު އަދި މޯބައިލް އެޕް މެދުވެރިކޮށް މި ޙިދުމަތް ލިބޭނެ ކަމަށް އެއެއަރލައިނުން ވިދާޅުވެއެވެ.

އިތުރު މައުލޫމާތު ހޯދުމަށާއި ޓިކެޓް ގަތުމަށް މޯލްޑިވިއަންގެ ވެބްސައިޓުން ނުވަތަ 24 ގަޑިއިރު ޚިދުމަތްދޭ ކޯލް ސެންޓަރުގެ ނަންބަރު 1671 އަށް ގުޅުމުން ލިބޭނެ ކަމަށް އެއަރލައިނުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ ރައްކާ ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި

66

ސިޓީ ޕާކް ތަރައްގީކުރުމުގެ މަސައްކަތް އޮކްޓޯބަރު މަހަށް ނިންމަނީ

Big po0hfpy8gevvv588vtyhcx0kw

ސޯޝަލް މީޑިއާއިން ބިރުދައްކައި ފައިސާ ފޭރިގަތް ދެމީހަކު ފުލުހުން ހައްޔަރުކޮށްފި

މިއަހަރުގެ ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސް ފަށައިފި

TTH_advertisement ELL Mobile Advertisement