ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޣައްޒާގައި ކާނޭ އެއްޗެއް ނުލިބި އިތުރު 5 މީހުން ބަނޑަށް މަރުވެއްޖެ، ޖުމްލަ އަދަދު 387 އަށް

ޣައްޒާގައި ކާނޭ އެއްޗެއް ނުލިބި އިތުރު 5 މީހުން ބަނޑަށް މަރުވެއްޖެއެވެ.

ޣައްޒާ ސަރުކާރުގެ ހެލްތު މިނިސްޓްރީން މިއަދު ބުނެފައިވަނީ، ކާނޭ އެއްޗެއް ނުލިބި ބަނޑުހައިހޫނުކަމުގައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިތުރު 5 މީހުން މަރުވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ތިން ކުޑަކުދިންވެސް ހިމެނެއެވެ.

މިއާއެކު، ބަނޑުހައިހޫނުކަމާއި، ރަނގަޅު ކާނާ ނުލިބި ޣައްޒާއިން މިހާތަނަށް މަރުވި މީހުންގެ އަދަދު 387 އަށް އަރާފައި ވެއެވެ. އޭގެ ތެރޭގައި 138 ކުޑަކުދިން ހިމެނެއެވެ.

ޣައްޒާގައި ބަނޑުހައިހޫނުކަން އާންމުވެފައިވާކަން ގްލޯބަލް ހަންގަރ މޮނިޓަރއިން ރަސްމީގޮތުން ކަނޑައަޅައި އިއުލާން ކޮށްފައިވަނީ މިދިޔަ އޮގަސްޓްމަހުގެ 22 ވަނަ ދުވަހުއެވެ.

ޣައްޒާގައި ބަނޑުހައިހޫނުކަން އާންމުވެފައިވާކަން ގްލޯބަލް ހަންގަރ މޮނިޓަރއިން ކަނޑައެޅި ފަހުންވެސް މިހާތަނަށް 23 ކުޑަކުދިންނާއެކު، 109 މީހުން މަރުވެފައި ވެއެވެ.

ޣައްޒާގެ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުންދާއިރު އަދި ބަނޑުހައިހޫނުކަން އާންމުވެފައިވާކަން ރަސްމީގޮތުން ކަނޑައެޅި ނަމަވެސް، އެކަން ހުއްޓުވަން ދުނިޔެއަށް ކުރެވުނު ކަމެއް ނެތެވެ.

އިސްތިއުމާރީ ބާރުގެ މައްޗަށް ނުފޫޒު ފޯރުވައި، ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރަން ފުރުސަތު ދީ، ހާލަތު ރަނގަޅު ކުރަން ކުރެވުނު ކަމެއް ނެތެވެ.

އިސްތިއުމާރީ އިސްރާއީލުން، ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރުން ހުއްޓުވާފައިވަނީ މިއަހަރުގެ މާޗްމަހުގެ 2 ވަނަ ދުވަހުން ފެށިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމެރިކާގެ ރައީސް ޓްރަމްޕް އުފެއްދި “ބޯޑް އޮފް ޕީސް” އިފްތިތާހް ކޮށްފި

ޣައްޒާއިން މިއަދުވެސް 10 މީހުން ޝަހީދުކޮށްލައިފި، ގަތުލުއާންމު ނުހުއްޓޭ، އެއްބަސްވުމެއްގެ ބޭނުމެއްނެތް: ހަމާސް

2023 12 30T161109Z 1296480007 RC2S75AAAB70 RTRMADP 3 ISRAEL PALESTINIANS GAZA

ޣައްޒާއަށް އަނެއްކާވެސް ވަރުގަދަ ޙަމާލާތަކެއް ދޭނެކަމަށް ބުނެފި

ޣައްޒާއިން މިއަދުވެސް 8 މީހުން ޝަހީދުކޮށްލައިފި، ރޭގަނޑު މީހުން ނިދަންތިއްބައި ދޭ ހަމަލާތައް އިތުރުކޮށްފި