ކުއްލި ޚަބަރު

މާލޭގެ ދެ ގެއަކުން 442 ވޭޕް ކާޓްރިޖާއި ދެ ކާޓަން ސިނގިރޭޓު ހޯދައިފި

ކާރު ރަޖިސްޓްރީކުރާއިރު ގަރާޖު ހުއްދަ ހުށަހަޅަން ނުޖެހޭގޮތް ހަދަނީ

ކައުންސިލް އިންތިހާބުގެ އޮފިޝަލުން ހޯދަން ކުރި އިއުލާނުގެ މުއްދަތު އިތުރުކޮށްފި

އެމްޔޫ މަނިކުގެ ހަނދާނުގައި މަޓީން ތަޢުޒިޔާގެ ދަފްތަރެއް

މިދިޔަ އޮގަސްޓް މަހުގެ 30 ވަނަ ދުވަހު އަވަހާރަވި، ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގެ އެއް ބާނީ އަދި އެންމެ ކާމިޔާބު ދިވެހި ވިޔަފާރީގެ ތެރޭގައި ހިމެނޭ ޔުނިވާސަލްގެ ވެރިޔާ، މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ގެ ހަނދާނުގައި ތަޢުޒިޔާގެ ދަފްތަރެއް ހުޅުވަން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ނިންމައިފިއެވެ.

އެމަނިކުފާނު އަވަހާރަވީ އާލާސްކަންފުޅު ބޮޑުވެ ސިންގަޕޫރުގެ މައުންޓް އެލިޒަބެތް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 78 އަހަރެވެ.

މަޓީން މިއަދު މީސްމީޑިއާގައި ކޮށްފައިވާ ޕޯސްޓުގައި ބުނީ، އެމްޔޫ މަނިކުގެ ހަނދާނުގައި ދަފްތަރު ހުޅުވިފައި ހުންނާނީ 7 ސެޕްޓެމްބަރުން ފެށިގެން 14 ސެޕްޓެމްބަރުގެ ނިޔަލަށް ކަމަށެވެ. ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ވެސް ހެނދުނު 9 އިން ހަވީރު 5 އަށް ދަފްތަރުގައި ސޮއިކުރެވޭނެކަމަށް މަޓީން ބުނެފައިވެއެވެ.

އެމްޔޫ މަނިކުގެ ތަޢުޒިޔާ ދަފްތަރުގައި ސޮއިކުރަން ބޭނުންވާ ފަރާތްތަކުން، ފަސްމީރު ބިލްޑިންގެ ހަތަރު ވަނަ ފަންގިފިލާގައި ހުންނަ މަޓީގެ އޮފީހަށް ދިއުމަށް އެދިފައިވެއެވެ.

ދިވެހީންގެ ވައިގެ ބަނދަރު ތަރައްޤީ ކުރުމުގައި މުހިންމު ދައުރެއް އަދާކުރެއްވި އަދި އެއަރޕޯޓް ހިންގާ އެމްއޭސީއެލްގެ ވަރަށް އިސް މަޤާމުތަކެެއް ފުރުއްވި އެމްޔޫ މަނިކަކީ ރާއްޖޭގައި ޓޫރިޒަމް ސިނާއަތް 1972 ވަނަ އަހަރު ފެށިގެން އައިއިރު، އެ މަސައްކަތްޕުޅުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޓޫރިޒަމްގެ ވަރަށް ބޮޑު ޚިދުމަތްތެރި އެކެވެ.

ޓޫރިޒަމްގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ވެސް ލިބިވަޑައިގެންފައިވާ މަނިކުގެ ޔުނިވާސަލްއަކީ ޓޫރިޒަމްގެ އެންމެ ކާމިޔާބު އެއް ކުންފުންޏެވެ.

މަނިކުގެ އިސްނެންގެވުމަށް އެ ކުންފުނީގެ ދަށުން ޔުނިވާސަލް ފައުންޑޭޝަން އުފައްދަވާ އެތައް ބަޔަކަށް ވަނީ ބޭރު ޤައުމުތަކުން މަތީ ތަޢުލީމް ހާސިލުކުރުމުގެ ފުރުސަތު ވެސް ތަނަވަސް ކޮށް ދެއްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

chamapa afeef

ވީއައިއޭގެ އައު ޓަރމިނަލާއެކު ފަތުރުވެރިކަން އިތުރަށް ފުޅާވެ، ކުރިއަރާނެކަމުގެ އުންމީދު ބޮޑު: އަފީފް

އެކްސްޕީރިއަންސް މޯލްޑިވްސް ނަމުގައި ޑެސްޓިނޭޝަން ކެމްޕޭނެއް ފަށައިފި

TTH_advertisement