ކުއްލި ޚަބަރު

މާދަމާރޭ ހިފާ ހަނދުކޭތައާއި ގުޅިގެން ހުރިހާ ރަށެއްގައި ކޭތަ ނަމާދުކުރާނެ

ފުވައްމުލަކު އެއާޕޯޓް ތަރައްގީކުރަން މަޝްވަރާކޮށްފި

ކައުންސިލްތަކަށް ބްލޮކް ގްރާންޓު ދިނުމުގައި ރަށުގެ ބޮޑުމިނަށް ބަލަން ނިންމައިފި

ލަންކާ އަތުން ރާއްޖެއަށް ފަސޭހަ މޮޅެއް

540579511 1201155258705306 3033698608597791042 n
ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުގެ ތަމްރީނުތަކުގެ ތެރެއިން — ފޮޓޯ: އެފްއޭއެމް

ސައުތު އޭޝިއަން ސުޕަ ކަޕްގެ ފުރަތަމަ މެޗުގައި ރާއްޖެއިން ސްރީ ލަންކާ އަތުން ފަސޭހަ މޮޅެއް ހޯދައިފިއެވެ.

ލަންކާގެ ކޮލަމްބޯގައި ކުރިއަށްގެންދާ އެ މުބާރާތުގައި މިފަހަރު ވާދަކުރަނީ ރާއްޖެ އާއި ލަންކާއެވެ. ދެ މެޗެއް ކުޅުމަށް ހަމަޖެހިފައިވާ އިރު، މިއަދު ކުޅުނު މެޗުގައި ލަންކާގެ މައްޗަށް ރާއްޖެއިން ކުރި ހޯދީ 3-0 ގެ ނަތީޖާއަކުންނެވެ.

އެ މެޗުގެ ފުރަތަމަ ހާފުގައި ރާއްޖެއިން ވަނީ ދެ ގޯލުގެ ލީޑެއް ހޯދައިފައެވެ. މެޗުގެ 28 ވަނަ މިނެޓުގައި ކޯނަރެއްގެ ތެރެއިން ބޮލުން ފޮނުވާލި ހަމަލާއަކުން ހަސަން ނާއިޒް ރާއްޖެއަށް ލީޑު ހޯދައިދިން އިރު، މެޗުގެ 34 ވަނަ މިނެޓުގައި ކައުންޓާ އެޓޭކެއްގައި ރާއްޖެއަށް ލީޑު ފުޅާކޮށްދިނީ އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އެވެ.

މެޗުގެ ދެވަނަ ހާފުގައި ލަންކާއަށް ޕެނަލްޓީއެއް ލިބި ބޭކާރުވެގެން ދިޔަ އިރު، ރާއްޖޭގެ ތިންވަނަ ގޯލު ޖަހާފައިވަނީ ދެވަނަ ހާފުގެ އިތުރުވަގުތުކޮޅުގެ ތެރޭގައެވެ. އުމުރުން 16 އަހަރުގެ މުހައްމަދު އިލާން އިމްރާން ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުން ރާއްޖެއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އަލީ ފާސިރު (ސެންޓޭ) އެވެ.

ސައުތު އޭޝިއަން ސުޕަ ކަޕްގެ ފަހު މެޗުގައި ލަންކާ އާއި ރާއްޖެ ބައްދަލުކުރާނީ މިމަހުގެ 9 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

minivan-champ

އެޓޯލް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އިތުރުކޮށްފި 

finance

ކުރީ ސަރުކާރުތަކުން ރައްޔިތުންގެ ބޮލުގައިއެޅުވި ދަރަނި އަދާކުރުމަށް ހަތް ބިލިއަނެއްހައި ރުފިޔާ ހަރަދުވެއްޖެ

MMA

ސޮވެރިން ޑިވެލޮޕްމެންޓު ފަންޑަށް ޖަމާކުރި ފައިސާ ސާޅީސް ހަޕަސަންޓް އިތުރުވެއްޖެ

މާދަމާރޭ ހިފާ ހަނދުކޭތައާއި ގުޅިގެން ހުރިހާ ރަށެއްގައި ކޭތަ ނަމާދުކުރާނެ

ELL Mobile Advertisement TTH_advertisement