ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކޮންމެ ދަރިވަރަކީ ދިވެހިވަންތަ އިސްލާމީ ސިފަތައް ލިބިގެންވާ ދަރިވަރަކަށްވާންޖެހޭ: ސާޖިދާ

ރާއްޖޭގެ ކޮންމެ ދަރިވަރަކީ ދިވެހިވަންތަ އިސްލާމީ ސިފަތަކުން ސިފަ ލިބިގެންވާ ދަރިވަރަކަށްވާންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ އަހަރީ އިނާމު ދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލު ސިފަ ކުރެއްވީ މައްޗަންގޮޅިގެ ތާރީޚެއް އޮތް، ގިނަ ބަޔަކު އެކުވެގެން އިންދި ތަޢުލީމި ގަހެއްގެ ގޮތުގައެވެ. އެ ގަހުން މިއަދު ދިވެހި ޤައުމަށް ފޮނިމޭވާ ލިބެމުންދާ ކަމަށާއި ޤައުމީ ފެންވަރުގައި ފަޚުރުވެރިވަނަތައް ހޯދާ ދަރިވަރުން ގިނަ ސްކޫލެއްކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

ރައީސްގެ އަނބިކަނބަލުން ވިދާޅުވީ ތަޢުލީމަކީ ލިބިގެންވާ ބޮޑު ނިޢުމަތެއް އަދި ޒިންމާއެއް ކަމަށެވެ. ތަޢުލީމު ހާސިލްކުރުމަކީ ނިމުމެއް އޮތް ކަމެއް ނޫން ކަމަށާއި ތަޢުލީމު ލިބިގަތުމުގައި ދެމިތިބުމަށް ދަރިވަރުންނަށް އެކަމަނާ އިލްތިމާސްކުރެއްވިއެވެ. އަދި ކޮންމެ ކުއްޖަކީވެސް ނަފުސަށް ތެދުވެރި، ދީންވެރި ޤައުމަށް ވަފާތެރި ކުއްޖަކަށްވާންވާނެ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

” ކޮންމެ ކުއްޖަކުވެސް އަމިއްލަ ނަފުސަށް ތެދުވެރިވުން މުހިންމު. ކޮންމެ ކުއްޖަކު މާތްވެގެންވާ އިސްލާމްދީނަށް ކަމޭހިތުން މުހިންމު. ކޮންމެ ކުއްޖަކު ދިވެހި ޤައުމަށް ވަފާތެރިވުން މުހިންމު. ކޮންމެ ކުއްޖަކީވެސް އަޚްލާގު ރަނގަޅު، މަސައްކަތްތެރި ހީވަގި އަދި ރާއްޖެއާއި ދުނިޔެއަށް ލޯ ހުޅުވިފައިވާ މުސްލިމް ދިވެއްސަކަށްވުން މުހިންމު،” ފަސްޓް ލޭޑީ ސާޖިދާ

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވީ މިކަންކަމަށް ފަރުވާތެރިވެއްޖެނަމަ ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބިގެންދާނެ ކަމަށާއި ދުނިޔޭގައި ހަގީގީ މިނިވަންކަން ލިބިގެންދާނެ ކަމަށެވެ. އަދި އެފަދަ ޢިލްމެއް ހާސިލް ކުރުމަކީ އިންސާނިއްޔަތަށް ލިބޭނެ ހިޔާވައްސެއް ކަމަށާއި އެ ދަރިވަރަކީ ވިސްނުން ތަނަވަސް، ހުރިހާ ރޮނގަކުން ޒަމާނާ ފައިހަމަކުރާނެ ދަރިވަރެއް ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

ނަފްސަށް ތެދުވެރިވެ ދީނަށް ކަމޭހިތައި، ޤައުމަށް ވަފާތެރިވެ ތަޢުލީމު ހާސިލް ކުރާ ދަރިވަރުން، ނަޒާހަތްތެރިކަމާއި އަމާނާތްތެރިކަމަކީ އެ ދަރިވަރެއްގެ އެންމެ އަގުހުރި ފޭރާން ކަމުގައި ހަދާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ.

އެކަމަނާ ވަނީ ތަޢުލީމެއް ދިނުމުގެ ހަގީގީ ބޭނުންތަކާމެދު ބެެލެނިވެރިންނާއި މުދައްރިސުން ވިސްނުން މުހިންމުކަން ފާހަގަކުރައްވައި ބިނާ ކުރާ ދަރިވަރަކީ މުސްލިމް ދިވެއްސެއްގެ ގޮތުގައި ބިނާވެގެންދާ ދަރިވަރެއްކަން ކަށަވަރުކުރުމަށް އިލްތިމާސްކުރައްވާފައެވެ. އެކަމަށްޓަކައި ބޭނުންވަނީ ނަމޫނާ ކަމަށާއި އެ ނަމޫނާ ގޭތެރެއިންނާއި ވެށިން ފެންނަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

madam saajida

އަޅުގަނޑުމެން ޖެހޭ ދީނީ ކަންކަމާއެކު ހުރިހާ ޒިންމާތަކެއް ހަމަހަމަ ކަންމަތީގައި ކުރަން: ސާޖިދާ

ahmadiyaa school

އަޙްމަދިއްޔާގެ ގްރޭޑް 1-8 އަށް ތާނަ އާއި ޢަރަބި ލިޔުން މަޖުބޫރު

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީވުމަކީ، ފަޚުރަކަށް ހަދަންޖެހޭ: ސާޖިދާ

ވިމެންސް ލީގު 2025 ގެ ފުރަތަމަ މެޗު މެޑަމް ސާޖިދާ ޝަރަފުވެރިކޮށްދެއްވައިފި