ކުއްލި ޚަބަރު

ކައުންސިލްތަކަށް ބްލޮކް ގްރާންޓު ދިނުމުގައި ރަށުގެ ބޮޑުމިނަށް ބަލަން ނިންމައިފި

އަންހެނުންގެ ކޮމިޓީތަކަށް ދޭ ބަޖެޓު ދެގުނަ ބޮޑުކުރަން ރައީސް ނިންމަވައިފި

ތޫނު ހަތިޔާރު ގެންގުޅުނު ތިން މީހަކު ހައްޔަރުކޮށްފި

ކައުންސިލްތަކަށް ބްލޮކް ގްރާންޓު ދިނުމުގައި ރަށުގެ ބޮޑުމިނަށް ބަލަން ނިންމައިފި

414939 ac31c191 c

ރަށުގެ އާބާދީ މަދުކަމުގައިވީ ނަމަވެސް، ބިމުގެ ގޮތުން ރަށް ބޮޑުނަމަ، އެ ރަށަކަށް ދޭ ބްލޮކްގްރާންޓް ބޮޑުކުރަން ނިންމަވައިފައިވާކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކައުންސިލްތަކަށް ބްލޮކްގްރާންޓް ދިނުމުގެ އުސޫލާ ގުޅޭގޮތުން މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، މިހާރު އުސޫލު ހަދައިފައި އޮތް ގޮތުން އާބާދީ ކުޑަ ރަށްރަށުގެ ކައުންސިލުތަކަށް ބްލޮކްގްރާންޓް ލިބޭ މިންވަރު މަދު ކަމަށެވެ.

ނަމަވެސް އާބާދީ ކުޑަ، ބިން ބޮޑެތި ރަށްތައް ހުންނައިރު، އެފަދަ ރަށްރަށުގައި ކުރަންޖެހޭ މުނިސިޕަލް މަސައްކަތްތައް މަދުނޫންކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންވެ ބްލޮކް ގްރާންޓު ދޭ ގޮތުގެ ފިސްކަލް ފޯމިއުލާ މިހާރު އޮތް ގޮތުން އެފަދަ ކައުންސިލުތަކަށް ގެއްލުންވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ފިސްކަލް ފޯމިއުލާ މުރާޖާކުރުމުގައި ރަށުގެ ބޮޑުމިނަށް ރިއާޔަތްކުރެވޭ ގޮތަށް ބަދަލުކޮށް، އަންނަ އަހަރުގެ ބަޖެޓު ހުށަހަޅާއިރު އެ ބަދަލާއެކު ހުށަހަޅަން ނިންމަވައިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

“ރަށިބާޒާރޮ” ގެ ނަމުގައި ފުވައްމުލައް ސިޓީގައި ބޮޑު ނައިޓް މާކެޓެއް ފަށައިފި

416802 8f4bba50 5

އަންހެނުންގެ ކޮމިޓީތަކަށް ދޭ ބަޖެޓު ދެގުނަ ބޮޑުކުރަން ރައީސް ނިންމަވައިފި

112

ތޫނު ހަތިޔާރު ގެންގުޅުނު ތިން މީހަކު ހައްޔަރުކޮށްފި

Original 1757081927281

ގެއްލުނު ޝަހުމުﷲ ފެނިއްޖެ، ހުރީ ދިއްފުށީގައި

ELL Mobile Advertisement TTH_advertisement