ކުއްލި ޚަބަރު

އަންހެނުންގެ ކޮމިޓީތަކަށް ދޭ ބަޖެޓު ދެގުނަ ބޮޑުކުރަން ރައީސް ނިންމަވައިފި

ތޫނު ހަތިޔާރު ގެންގުޅުނު ތިން މީހަކު ހައްޔަރުކޮށްފި

ގެއްލުނު ޝަހުމުﷲ ފެނިއްޖެ، ހުރީ ދިއްފުށީގައި

އަންހެނުންގެ ކޮމިޓީތަކަށް ދޭ ބަޖެޓު ދެގުނަ ބޮޑުކުރަން ރައީސް ނިންމަވައިފި

416802 8f4bba50 5

އަންނަ އަހަރަށް ލަފާކޮށް ދައުލަތުގެ ބަޖެޓު ހުށަހެޅުމުގެ ކުރިން، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ރަށްރަށުގެ ކޮމިޓީތަކަށް ރަށްރަށުގެ ކައުންސިލްތަކުން ދޭ ބަޖެޓު ދެ ގުނަ ބޮޑުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

“އެކްސް”ގައި މިރޭ ރައީސް ވިދާޅުވީ މި ބަދަލު ގެނައުމަށް ސަރުކާރުން ނިންމީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް އިތުރަށް ބާރުވެރިކުރުވުމަށް ޓަކައެވެ.

ސަރުކާރުން ނިންމާފައިވަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބަޖެޓު ދެގުނަކުރުމުގެ އިތުރުން، އެ ކޮމިޓީތަކުގެ މެންބަރުންނަށް ދޭ ރަމަޟާން މަހުގެ އިނާޔަތްތައް ކޮމިޓީތަކުގެ ބަޖެޓުން ދިނުމުގެ ބަދަލުގައި ކައުންސިލްތަކުގެ ބަޖެޓުން ދޭ ގޮތަށް ހަމަޖެއްސުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

މި ބަދަލުތައް އަންނަ އަހަރަށް ލަފާކުރާ ބަޖެޓު، އަންނަ އޮކްޓޯބަރު މަހުގެ ފަހުކޮޅު ހުށަހެޅުމުގެ ކުރިން ސަރުކާރުން ގެންނާނެ ކަމަށް، އެމަނިކުފާނު ވިދާޅުވިއެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ރޯދަ އިނާޔަތް ލިބޭ ގޮތް ހެދީ މިދިޔަ ފެބްރުއަރީ މަހުގެ 19ވަނަ ދުވަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

112

ތޫނު ހަތިޔާރު ގެންގުޅުނު ތިން މީހަކު ހައްޔަރުކޮށްފި

Original 1757081927281

ގެއްލުނު ޝަހުމުﷲ ފެނިއްޖެ، ހުރީ ދިއްފުށީގައި

112

މާލޭގެ ގެއެއްގެ ޓެރަސްގައި ހުރި ކުނިތަކެއްގައި ރޯވެ ގެއްލުންނުވަނީސް ސިފައިން އަލިފާން ނިއްވާލައިފި

112

ފްލެޓް އެއްބަސްވުމުގައި ސޮއިކުރި މީހުންގެ އަދަދު ތިންހާހާ އަރާ ހަމަކުރަނީ

ELL Mobile Advertisement TTH_advertisement