ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފްލެޓް އެއްބަސްވުމުގައި ސޮއިކުރި މީހުންގެ އަދަދު ތިންހާހާ އަރާ ހަމަކުރަނީ

112

ގެދޮރުވެރިޔާ ސްކީމްގެ ދަށުން މިހާތަނަށް 2900އަށްވުރެ ގިނަ ފްލެޓުގެ އެއްބަސްވުމުގައި ސޮއިކޮށް ނިމިފައިވާކަމަށް ފަހިދިރިއުޅުން ކޯޕަރޭޝަނުން ބުނެފިއެވެ.

އެމްޑީޕީ ސަރުކާރުން ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫއު “ގެދޮރުވެރިޔާ” ސްކީމްގެ ދަށުން ދޫކުރަން ނިންމާފައިވާ 4000 ފްލެޓް ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ ފަހި ދިރިއުޅުން ކޯޕަރޭޝަނުންނެވެ.

އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް ޖުމްލަ 2955 އެއްބަސްވުމެއްގައި ސޮއިކޮށް ނިމިފައިވާކަމަށް އެ ކުންފުނިން ބުންޏެވެ. މީގެއިތުރުން، ޖުމްލަ 3070 އެއްބަސްވުމެއް ތާވަލުކުރެވިފައިވާކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

ހައުސިން މިނިސްޓްރީން ވަނީ 3 ކޮޓަރީގެ ފްލެޓު ދިނުމުގައި އެންމެ ފުރަތަމަ އަމަލުކުރަން ނިންމާފައިވާ އުސޫލާ އެއްގޮތަށް 76 މާކްސްއަށްވުރެ މަތިން ފްލެޓު ލިބިފައިވާ ފަރާތްތަކަށް އިސްކަންދޭން ނިންމަވާފައެވެ.

އަދި އެފަރާތްތަކަށް ދިނުމަށްފަހު، ބާކީވާ ފްލެޓުތައް 75 އަށްވުރެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޯވޭ ފަރާތްތަކަށް ދިނުމަށް ވަނީ ނިންމަވާފައެވެ. އަދި 2 ކޮޓަރި ފްލެޓު ދޭން އޭރު އުސޫލުގައި ނިންމާފައިވަނީ 73 މާކްސްއިން މަތިން މާކްސް ލިބޭ ފަރާތްތަކަށެވެ.

ފްލެޓްތައް ހަވާލުކޮށް މީހުންނަށް އެތަނުގައި ދިރިއުޅެވޭވަރު ވާނީ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

FDC

ގެދޮރުވެރިޔާ މަޝްރޫޢުގެ ދަށުން މިހާތަނަށް 3600 ފްލެޓުގެ ތަޅުގަނޑި ހަވާލުކޮށްފި

FDC

މި މަހުގެ 25 ގެ ކުރިން ހުރިހާ ފްލެޓެއް ހަވާލުކޮށް ނިމޭނެ: ހަމްދާން

Mal

ފްލެޓްތައް ކުއްޔަށް ދޭނަމަ އަތުލާނަން: ހަމްދާން

Mal

ގެދޮރުވެރިޔާ ފްލެޓެއް 25،000 ރުފިޔާއަށް ކުއްޔަށްދޭން އިއުލާންކޮށްފި