ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްޑަބްލިޔުއެސްސީއަށް ޑޮލަރު ހޯދަން ފަތުރުވެރިކަމުގެ ސިނާއަތާ ގުޅިގެން މަސައްކަތް ކުރަން ނިންމައިފި

mwsc matheen

ޑޮލަރުން އާމްދަނީ ހޯދުމަށް ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރުމަށް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ، އެމްޑަބްލިޔުއެސްސީން ނިންމައިފިއެވެ.

ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ މަތީން ވިދާޅުވީ މި އަހަރު ތެރޭގައި ޑޮލަރުން އާމްދަނީ ލިބޭނެ މަގުތައް ތަނަވަސްވެގެންދާނެ ކަމަށް އުއްމީދުކުރައްވާކަމަށެވެ.

މަތީން ވިދާޅުވީ އެކުންފުނީގެ އަހަރީ އޮޕަރޭޝަނަށް ގާތްގަނޑަކަށް 25 މިލިއަން ޑޮލަރު ބޭނުންވާކަމަށާއި ރާއްޖެއިން ބޭރުން އިމްޕޯޓުކުރާ ސާމާނާއި ޑީސަލް ގަތުމަށް ޑޮލަރު ހޯދުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް ކުންފުނިން އައު ސިޔާސަތުތަކެއް ތަންފީޒުކުރަން ފަށާފައިވާ ކަމަށެވެ. ފާއިތުވި 30 އަހަރު ދުވަހުގެ ތެރޭގައި ކުންފުންޏަށް ޑޮލަރުން އާމްދަނީ ލިބޭނެ ނިޒާމެއް ގާއިމުކުރެވިފައި ނުވުމުން ދަތިތައް ކުރިމަތިވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

އެ ކުންފުންޏަށް ޑޮލަރުން އާމްދަނީ ލިބޭނެ ގޮތް ހަމަޖެއްސުމަށްޓަކައި 2 ގޮތަކަށް މަސައްކަތް ކުރުމަށް ނިންމާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ފަތުރިވެރިކަމުގެ ދާއިރާއިން މަސައްކަތް ކުރުމަށް ނިންމާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

“އަޅުގަނޑުމެންގެ ކަސްޓަމަރުންގެ ތެރޭގައި އެބަތިބި ޑޮލަރުން އާންމްދަނީ ލިބޭ ފަރާތްތައް. މިސާލަކަށް ޓުއަރިޒަމް ފެސިލިޓީ. މާފުއްޓަށް ބެލިއަސް، މާލެއަށް ބެލިއަސް. އަޅުގަނޑުމެން ދިރާސާ އެބަހަދަން އޭގަ އެފަރާތްތަކާއެކު އެގްރީމަންޓަކަށް ދެވިދާނެތޯ. އެބޭފުޅުން ޑޮލަރުން ޕޭމަންޓް ހަދަން. ކިތައްމެ ކުޑަމިންވަރެއްވިއަސް” އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ އަބްދުލް މަތީން މުހައްމަދު

މަތީން ވިދާޅުވީ އެމްޓީޑީސީއާ ގުޅިގެން ހދ. ނާގޯށީގައި ތަރައްގީކުރަމުންދާ ރިސޯޓު ޕްރޮޖެކްޓުގައި އެމްޑަބްލިޔުއެސްސީގެ ބައިވެރިވުން ހިމެނުމަށް މަޝްވަރާކުރަމުންދާ ކަމަށެވެ. އެގޮތުން ފެނާއި ނަރުދަމާގެ ނިޒާމު ޕްލޭން ކުރުމާއި، ޑިޒައިން ކުރުމާއި، އިމްޕްލިމެންޓޭޝަންގެ ތަޖުރިބާ ކުންފުންޏަށް ލިބިފައިވާތީ، އެ ހުނަރުތައް ޓޫރިޒަމް ސެކްޓަރގެ ޑިވެލޮޕްމަންޓް ޕްރޮޖެކްޓުތަކުގައި ބޭނުންކޮށްގެން ޑޮލަރުން އާމްދަނީ ހޯދުމަކީ މުހިންމު ކަމެއްގެ ގޮތުގައި އެކުންފުނިން ދެކެއެވެ.

އަދި ކުންފުނީގެ ބޯޑާއި މެނޭޖްމަންޓުން މިހާރު އެންމެ އިސްކަމެއް ދެނީ ޑޮލަރުން އާމްދަނީ ހޯދުމުގެ ދާއިމީ ހައްލެއް ގާއިމުކުރުމަށް ކަމަށާއި، މި މަސައްކަތުގެ ނަތީޖާ ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ފެންނަން ފަށާނެ ކަމުގެ އުންމީދު އޮތް ކަމަށްވެސް ކުންފުނިން ގަބޫލުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އީ.ޕޯރޓަލް އަދި އެޕް މެދުވެރިކޮށް ފެން ބިލަށް ފައިސާ ދައްކާގެން މިފަހަރުވެސް ޢުމްރާ ދަތުރެއް

“އެމް.ޑަބްލިޔު.އެސް.ސީ ރޯދަ ސުފުރާ” މި އަހަރުވެސް އިފްތާރް މީލް ޕެކް ބަހަނީ

މާފުށީގައި އައު ނަރުދަމާ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ފަށައިފި

mwsc matheen

އެންމެ ބޮޑު އިސްކަމެއް ދެއްވަނީ މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށްގެންދިއުމަށް: މަތީން