ކުއްލި ޚަބަރު

މިއަދުވެސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ

ތުޅާދުއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި

އެމްޑީޕީ ސަރުކާރުން ވަޒީފާއިން ވަކިކުރި ޖަމްޝީދާއި އަހްމަދު މުހައްމަދަށް ފުލުހުންގެ ވަޒީފާ ދީފި

މިއަދުވެސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ

immigration

މިއަދަކީ ސަރުކާރު ބަންދު ދުވަހަކަށް ވީނަމަވެސް، މާލެ ސަރަހައްދުގެ އިމިގްރޭޝަން އޮފީސްތަކުން ޕާސްޕޯޓު ހެއްދުމާއި ދޫކުރުން ކުރިއަށްދާނެކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.

އިމިގްރޭޝަނުން ވިދާޅުވީ އިމުގާ ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ޕާސްޕޯޓަށް ހުށަހެޅޭނެކަމަށްވެސް ވިދާޅުވިއެވެ.

މިއަދު ޕާސްޕޯޓާ ހަވާލުވުމަށް ނަންބަރު ދޫކުރާނީ ހެނދުނު 08:30 އިން މެންދުރު ފަހު 14:00 އަށް ކަމަށާއި، އަދި ހަމަ އެގަޑީގައި އިމިގްރޭޝަނަށް ހާޒިރުވެގެން ޕާސްޕޯޓަށް ހުށަހެޅުމުގެ ފުރުޞަތުވެސް އޮންނާކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.

މިއަދު ޕާސްޕޯޓުގެ ޚިދުމަތް ދެވޭނީ ހަމައެކަނި މާލެ ސަރަހައްދުގައި ހިމެނޭ ޕާސްޕޯޓު އޮފީސްތަކުންނެވެ.

އިމިގްރޭޝަނުން ވަނީ މެޑިކަލް އިމަޖެންސީ ހާލަތްތަކުގައި އިމިގްރޭޝަންގެ ހޮޓްލައިން 9555333 އަށް ގުޅުއްވުމަށް އިލްތިމާސްކޮށްފައެވެ.

ގިނަ އަދަދެއްގެ ބަޔަކު ޕާސްޕޯޓު ހޯދުމަށް މިދުވަސްކޮޅު އެދެމުންދާއިރު މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ޕާސްޕޯޓު ހެއްދުމުގެ ކަންކަން ވަރަށް ބޮޑަށް ލުއިކޮށްދެއްވާފައެވެ. އަދި މާލެ ފިޔަވައި އެހެން ސިޓީތަކާއި އަތޮޅު ކައުންސިލް އިދާރާތަކުގައި ޕާސްޕޯޓް ހެއްދޭނެ އިންތިޒާމް ސަރުކާރުން ވަނީ ހަމަޖައްސާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ތިނަދޫ ރޯހައުސްތަކަށް ކުރިމަތިލާން ހުޅުވާލާނީ

Haleeem igmh

ތެލެސީމިއާއާ ގުޅޭ އެންމެ ފަހުގެ ޓެސްޓްތައް ފަށަން ތައްޔާރުވަނީ

macl

ނޮޅިވަރަމް ސްޕޯޓްސް ކޮމްޕެލްކްސްގެ އެއްބަސްވުމުގައި ސޮއިކޮށް، ކޮމްޕްލެކްސްގެ ބިންގާ އަޅައިފި

B 202509030730381756909838.3502

މޯލްޑިވިއަންގެ ދަތުރުތަކުގައި ލުއިކާނާ ވިއްކަން ފަށައިފި

TTH_advertisement ELL Mobile Advertisement