ކުއްލި ޚަބަރު

އައްޑޫސިޓީ ހިތަދޫގައި “ސްކޫޕު” ގެ ނަމުގައި ހަރަކާތްތެރިވާ ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅަން އެދިއްޖެ

ޑޮލަރު ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

“ބޯހިޔާވަހިކަން އެންމެނަށް” ކުރިމަތިލުމުގެ ފުރުޞަތު އަންނަ އާދިއްތަ ދުވަހު ހުޅުވާލަނީ

މޯލްޑިވިއަންގެ ދަތުރުތަކުގައި ލުއިކާނާ ވިއްކަން ފަށައިފި

B 202509030730381756909838.3502

ގައުމީ އެއާލައިން، މޯލްޑިވިއަނުން ޑޮމެސްޓިކް ބައެއް ރޫޓްތަކުގައި “ސްނެކް އެންޑް ފްލައި” ގެ ނަމުގައި އާ އޮންބޯޑް ރީޓެއިލް ހިދުމަތެއް ތައާރަފުކޮށްފިއެވެ.

މޯލްޑިވިއަންގެ “ސްނެކް އެންޑް ފްލައި” ގެ ދަށުން ދަތުރުވެރިންނަށް ލުއިކާނާ އާއި، ބުއިންތަކާއި އަދި ރާއްޖޭގެ ސުވެނިއާ ގަންނަން ލިބޭނެއެވެ.

މޯލްޑިވިއަނުން ބުނީ އެ ހިދުމަތުގެ ދަށުން ދަތުރުވެރިންނަށް މިހާރު ކެބިން ކްރޫއިން މެދުވެރިކޮށް ސީދާ ލުއި ކެއުމާއި ބުއިންތައް ގަނެވޭނެ ކަމަށާއި ހާއްސަކޮށް ބޭރުގެ ފަތުރުވެރިންނަށް ރާއްޖޭގެ ސަގާފަތާއި ސަގާފަތް ދައްކުވައިދޭ ސުވެނިއާސް ގަތުމުގެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށެވެ. އަދި ދަތުރުވެރިންގެ ހިޔާލާއި ތަޖުރިބާގެ އަލީގައި އެ ހިދުމަތުގެ ދަށުން ވިއްކާ ތަކެތި އިތުރުކުރާނެ ކަމަށް ވެސް މޯލްޑިވިއަނުން ބުންޏެވެ.

އެ ހިދުމަތް ތައާރަފުކުރުމަކީ މޯލްޑިވިއަނުން ދޭ ހިދުމަތްތައް އިތުރަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Maldivian

މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް ތޮއްޑޫއަށް ފަށަނީ

މޯލްޑިވިއަނުން ޑާކާއަށް އަލުން ދަތުރުތައް ފެށުމަށް ނިންމައިފި

ފުނަދޫ އެއަރޕޯޓަށް ރޭގަނޑު ދަތުރުތައް ފެށުމަށް ޓެސްޓް ފްލައިޓް ޖައްސައިފި

B 202507231026431753248403.0421

މޯލްޑިވިއަނުން ޖިއްދާއަށް 20 ފްލައިޓް

TTH_advertisement