ކުއްލި ޚަބަރު

ޗައިނާގެ ޗޮންގްޗިންގް އެއާލައިންސްގެ ޚިދުމަތްތައްވެސް ވީއައިއޭގެ އާ ޓާމިނަލަށް

50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފި

މާލެއާއި ވިލިމާލޭގެ މަގުތަކުގެ ޑިޒައިން މަރުހަލާ ފެށުމަށް ޗައިނާއާއެކު އެލްއޯއީގައި ސޮއިކޮށްފި

އެމްޑީޕީ ސަރުކާރުން ވަޒީފާއިން ވަކިކުރި ޖަމްޝީދާއި އަހްމަދު މުހައްމަދަށް ފުލުހުންގެ ވަޒީފާ ދީފި

112

ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފުލުހުންގެ ވަޒީފާއިން ވަކިކުރި އެސިސްޓެންޓް ކޮމިޝަނަރުން ކަމަށްވާ މުހައްމަދު ޖަމްޝީދާއި އަހްމަދު މުހައްމަދަށް އަލުން ފުލުހުންގެ ވަޒީފާ ދީފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ދެ ބޭފުޅުންނަށް ވަޒީފާ އިޔާދަކޮށްދިނީ ހައިކޯޓުން ކޮށްފައިވާ ހުކުމެއް ތަންފީޒު ކުރުމުގެގޮތުން ކަމަށެވެ.

ފުލުހުންގެ އިސް އޮފިސަރުންތަކެއް މަގާމުން ވަކިކުރަން ޕޮލިސް ބޯޑުން ނިންމާފައި ވަނީ 2022 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހެވެ. އޭރު ވަކި ކުރި ބޭފުޅުންގެ ތެރޭގައި ޖަމްޝީދާއި އަހްމަދު މުހައްމަދު ހިމެނެއެވެ.

އެ ދެ ބޭފުޅުންނަކީ ފުލުހުންގެ މުއައްސަސާގައި ގިނަ ދުވަސްތަކެއް ވަންދެން ވަޒީފާ އަދާކުރެއްވި ވަރަށް ތަޖުރިބާކާރު ދެ ބޭފުޅުންނެވެ.

ކޯޓުން ހުކުމްކޮށްފައި ވަނީ އެ ދެ ބޭފުޅުން ވަޒީފާއިން ވަކިކޮށްފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mal

ސައިކަލެއް ކޮންޓްރޯލު ނުވެ ގޮސް ކްލިނިކެއްގެ ފާމަސީ ތެރެއަށް ވަދެއްޖެ

ސިނގިރޭޓް ކޮންޓެއިނަރު އުފުލި ދޯނީގެ ކައްޕި ހައްޔަރުކޮށްފި

addu city

ހިތަދޫ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް ދެމަފިރިއަކު ފެނިއްޖެ

Ii

ސިނގިރޭޓް ވައްކަމާ ގުޅިގެން ހައްޔަރުކުރި މީހާގެ ވަނަވަރު ހާމަކޮށްފި

TTH_advertisement