ކުއްލި ޚަބަރު

ޗެމްޕިއަންސް ލީގު މެޗެއް ބަލައިލަން ދިއުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އާއި މާސްޓާކާޑު ގުޅިގެން ފަށައިފި

މާލޭގެ އަވަށްތަކަށް އަމާޒުކޮށް ބައްދަލުވުންތަކެއް ބާއްވަން ރައީސް ނިންމަވައިފި

ނަފުސާނީ ބަލިތަކުގެ ހުރިހާ ހަރަދެއް އާސަންދައިން ހަމަޖައްސަން ރައީސް ނިންމަވައިފި

ސީޕްލޭން ކަމަދުއަށް ޖައްސައިފި، ރަށުން ހޫނު މަރުހަބާއެއް

ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ފުރަތަމަ ސީޕްލޭން ބ. ކަމަދޫއަށް މިއަދު ޖައްސައި، އެރަށަށް ސީޕްލޭން ޚިދުމަތް ފެށުމުގެ މަގު ތަނަވަސްވެއްޖެއެވެ.

މޯލްޑިވިއަންގެ ފަރާތުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން ކޮންމެ ބުރާސްފަތި އަދި ހޮނިހިރު ދުވަހަކު މި ޚިދުމަތް ފޯރުކޮށްދެވޭނެއެވެ.

ކަމަދޫއަށް ސީޕްލޭން ޚިދުމަތް ތަޢާރަފުކުރުމުގެ ގޮތުން މިއަދު އެރަށަށް ޖެއްސި ފުރަތަމަ ސީޕްލޭނުން ދަތުރުކުރެއްވި ދެ ފަތުރުވެރިންނަށް ރަށުގެ ފަރާތުން ހޫނު މަރުޙަބާއެއް ކިޔާފައިވެއެވެ.

މީގެއިތުރުން، މޯލްޑިވިއަންއިން ވަނީ ދިވެހިންނަށް ޚާއްޞަ އަގެއް ތަޢާރަފުކޮށްފައެވެ. މިގޮތުން، ދިވެހިންނަށް އެއްކޮޅު ޓިކެޓް 1,199 ރުފިޔާއަށް ލިބެން ހުންނާނެއެވެ.

ކަމަދޫގައި ސީޕްލޭން ޚިދުމަތް ފެށުމަށްޓަކައި އައިލެންޑް އޭވިއޭޝަން ސަރވިސަސް އާއި ހޯކްސް ހޮޓެލްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރެވިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވޭތުވެދިޔަ މަހު ބ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ކަމަދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައެވެ.

އެ ޖަލްސާގައި ރައީސް ވިދާޅުވެފައިވަނީ ބ. އަތޮޅުގެ ތަރައްޤީގެ ލިސްޓުގައި ކަމަދޫ ފަހަތުގައި އޮތްއޮތުން ނިމުމަކަށް ގެނެސް، އެރަށާމެދު ގެންގުޅެފައިވާ ތަފާތުކުރުން ނައްތާލައި، ހަމަހަމަ ތަރައްޤީ ގެނެސްދެއްވާނެ ކަމަށެވެ. އަދި ސީޕްލޭންގެ ޚިދުމަތް ފެށުމަކީވެސް މި މަސައްކަތުގެ ބައެއްކަމުގައި ފާހަގަކުރެއްވިއެވެ.

ސީޕްލޭންގެ ޚިދުމަތް ފެށިގެންދިއުމަކީ އެރަށުގެ ލޯކަލް ޓޫރިޒަމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމެއްކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ކަމަދޫއަކީ ތަރައްޤީގެ މަސައްކަތްތައް އަވަސް ދުވެއްޔެއްގައި ކުރިއަށްދާ ރަށަކަށްވާތީ، މިކަމުގެ ސަބަބުން އިޤްތިޞާދީ ގޮތުންވެސް ވަރަށް ބޮޑު ފައިދާތަކެއް ކުރާނެކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

maldivian

މޯލްޑިވިއަނުން ށ.ފުނަދޫއަށް ކުރާ ދަތުރުތައް އިތުރުކޮށްފި

Main 20251116 165502

ދުބާއީ އަދި ތައިލެންޑަށް އެއާ އެމްބިއުލަންސް ޚިދުމަތް ފެށުމަށް އެއްބަސްވުމުގައި ސޮއިކޮށްފި

މާފަރު އެއަރޕޯޓު ޓަރމިނަލް ބޮޑު ކުރުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ޙަވާލުކޮށްފި

Maldivian

މޯލްޑިވިއަންގެ ދަތުރުތައް ބަންގްލަދޭޝަށް އަލުން ފަށަނީ

TTH_advertisement