ކުއްލި ޚަބަރު

ޔަމަނުން މިސައިލެއް އުދުއްސާލުމާއެކު މުޅި އިސްރާއީލުގައި ނުރައްކަލުގެ ޑަނޑޫރާ ޖަހަން ފަށައިފި

މައްސަލަ ހައްލުކޮށް ފުވައްމުލަކު އެއާޕޯޓަށް ދަތުރުތައް ފަށައިފި

ފަލަސްތީނު ޓީމަށް ރާއްޖޭގައި ކޭމްޕް ކުރުމުގެ ފުރުސަތު ވަޒީރު ރާފިއު ހަމަޖައްސަވައިދެއްވައިފި

ޔަމަނުން މިސައިލެއް އުދުއްސާލުމާއެކު މުޅި އިސްރާއީލުގައި ނުރައްކަލުގެ ޑަނޑޫރާ ޖަހަން ފަށައިފި

މުޅި އިސްރާއީލުގައި ނުރައްކަލުގެ ޑަނޑޫރާ ޖަހަން ފަށައިފިއެވެ.

އިސްރާއީލުގައި ނުރައްކަލުގެ ޑަނޑޫރާ ޖަހަން މިފެށީ، އިސްރާއީލަށް އަމާޒުކޮށް ޔަމަނުން މިސައިލެއް އުދުއްސާލުމުންނެވެ.

މިސައިލް އުދުއްސާލުމާ އެކު، އިސްރާއީލުގެ މެދުތެރޭ ތެލް އަވީވާއި، ގުދުސްއާއި، މެދުތެރޭ އެތައް ހިސާބެއްގައި ޑަނޑޫރާ ޖަހަމުން އެބަ ގެންދެއެވެ. މާނައަކީ އެންމެން ބިންގަރާސްތަކަށް ވަދެ ފިލަންޖެހުމެވެ.

ޔަމަނުން އިސްތިއުމާރީ އިސްރާއީލަށް މިސައިލެއް މި ފޮނުވާލީ، އިސްރާއީލާ ދެކޮޅަށް ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ފެށިކަން އިއްޔެ ހޫޘީން އިއުލާންކޮށްފައި ވެއެވެ.

އިސްރާއީލާ ދެކޮޅަށް ޔަމަނުން އަސްކަރީ އޮޕަރޭޝަން ފެށިކަން އިއުލާން މިކުރީ، ޔަމަނުގެ ވެރިރަށް ސަންޢާއަށް އިސްރާއީލުން މިދިޔަ ބުރާސްފަތި ދުވަހު ދިން ވައިގެ ހަމަލާއެއްގައި ހޫޘީންގެ ސަރުކާރުގެ ބޮޑުވަޒީރާއި، ކެބިނެޓުގެ އިތުރު ވަޒީރުންނާއި، ސަރުކާރުގެ އިސް އޮފިޝަލުން އަވަހާރަ ކޮށްލުމުން އެކަމުގެ ބަދަލު ހިފުމުގެ ގޮތުންނެވެ.

މި  ހަމަލާއާ ގުޅިގެން ހޫޘީ ސަރުކާރުގެ ރައީސް އަދި ސުޕްރީމް ޕޮލިޓިކަލް ކައުންސިލްގެ ރައީސް މަހްދީ އަލް-މަޝްއަތު ވަނީ، ކުރިއަށް ހުރީ އިސްތިއުމާރީ ބާރަށް ކަޅު ދުވަސްތަކެއް ކަމަށާއި، ހޫޘީން ދެން ފަށާ އޮޕަރޭޝަންގައި ޒަޔަނިސްޓު ވަގުތީ ދައުލަތް މުލުން ލުހެލާނޭ ކަމަށް  ވައުދުވެވަޑައި ގެންފައެވެ.

އިސްރާއީލަށް އަމާޒުކޮށް ޔަމަނުން އުދުއްސާލި މިސައިލަކީ، ޔަމަނުގެ ބޮޑުވަޒީރާއި، ކެބިނެޓް މެމްބަރުން އަވަހާރަކޮށްލިފަހުން އުދުއްސާލި ފުރަތަމަ މިސައިލެވެ.

ހޫޘީން މިފަހުންވަނީ، އިސްރާއީލާ ދެކޮޅަށް ކްލަސްޓަރ ބޮން އުފުލާ ބެލިސްޓިކް މިސައިލް ހަމަލާތައްވެސް ދޭން ފަށާފައެވެ. މި މިސައިލްތައް އިސްރާއީލުގެ އެއަރ ޑިފެންސަށް ނުހުއްޓުވެއެވެ. އަދި ޑްރޯން ހަމަލާތައްވެސް އިސްރާއީލަށް މިހާރު ނުހުއްޓުވެއެވެ.

މިކަމާ އިސްރާއީލު ވަނީ ވަރަށް ރުޅިއައިސްފައެވެ.

ވައިގެމަގުން މިސައިލްތައް ފޮނުވަން ފެށިއިރު، އިސްރާއީލަށް ކަނޑުމަގުވެސް މިހާރުވަނީ ބަންދުކޮށްފައެވެ. ކަނޑުމަގުން ހިންގާ އޮޕަރޭޝަންގެ ދަށުން، ރަތްކަނޑާއި، ޔަމަން ކައިރީގެ އެހެންވެސް ކަނޑަކުން އިސްރާއީލަށް މުދާ ހިފައިގެން ދަތުރުކުރާ ހުރިހާ އާގުބޯޓަކަށް ހަމަލާ ދޭނޭ ކަމަށް ހޫޘީ އަސްކަރިއްޔާ، އަންސާރުﷲއިން އިއުލާން ކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Maldivian

މައްސަލަ ހައްލުކޮށް ފުވައްމުލަކު އެއާޕޯޓަށް ދަތުރުތައް ފަށައިފި

11

ފަލަސްތީނު ޓީމަށް ރާއްޖޭގައި ކޭމްޕް ކުރުމުގެ ފުރުސަތު ވަޒީރު ރާފިއު ހަމަޖައްސަވައިދެއްވައިފި

112

ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް

112

ވާހަކަ ދެއްކުމުގެ 38 ވަނަ ގައުމީ މުބާރާތް ފަށައިފި

ELL Mobile Advertisement TTH_advertisement