ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ތުޅާދޫއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި

Thulhaadhoo
TTH_Ads
STO_Ads

ބ. ތުޅާދޫއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވިގޮތުގައި މި މަސްތުވާތަކެތި އަތުލައިގެންފައިވަނީ އަންގާރަ ދުވަހު ހިންގި އޮޕަރޭޝަނެއްގައެވެ. މިއޮޕަރޭޝަން ހިންގީ ތުޅާދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށްވެސް ވިދާޅުވިއެވެ.

މި އޮޕަރޭޝަނުގައި ތުޅާދޫ ބަނދަރުގައި އޮތް ފެރީ ލޯންޗަކަށް އަރައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ސެލޯފިންކޮޅުތަކެއް ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އެތަކެތީގެ ވަގުތީ ބަރުދަނަކީ 6.73 ގްރާމު ކަމަށާއި އެތަކެތި ފެނިފައިވަނީ ފެރީގައި އޮތް ކޮތަޅެއްގެ ތެރެއިން ކަމަށް ފުލުުހުން ވިދާޅުވިއެވެ.

HajjCop_ads

މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވެއެވެ. ނަމަވެސް ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މަސްތުވާތަކެތި ރަށްރަށަށް އެތެރެކޮށް، އެ ތަކެތި ވިއްކައި ވިޔަފާރިކުރުމާއި މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމަށް ޚާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވެއެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު