ކުއްލި ޚަބަރު

ފަލަސްތީނު ޓީމަށް ރާއްޖޭގައި ކޭމްޕް ކުރުމުގެ ފުރުސަތު ވަޒީރު ރާފިއު ހަމަޖައްސަވައިދެއްވައިފި

ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް

ވާހަކަ ދެއްކުމުގެ 38 ވަނަ ގައުމީ މުބާރާތް ފަށައިފި

ހިޔާގައި ލިފްޓް ހަރުކުރުމުގެ %66 މަސައްކަތް ނިމިއްޖެ

ހިޔާ ޓަވަރުގައި ލިފްޓް ހަރުކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ %66 މަސައްކަތް ނިމިފަވާކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ވިދާޅުވެއްޖެއެވެ. އެންމެ އަވަހަށް ދެން ޚިދުމަތް ފަށާނީ ޓަވަރު 3 އަދި 4 ގައެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ވިދާޅުވީ، ހިޔާ ޓަވަރުގައި އިތުރު ލިފްޓް ހަރުކުރުމުގެ މުޅި މަޝްރޫޢުގައި، ޓަވަރުތަކުގެ ލިފްޓް ސްޓްރަކްޗަރގެ މަސައްކަތްތަކުގެ %43 ނިމިފަވާކަމަށެވެ. އަދި ލިފްޓް އިންސްޓޯލްކުރުމުގެ %38 މަސައްކަތް ވަނީ ނިންމާފައެވެ.

ވަކިވަކި ޓަވަރުތަކުގެ މަސައްކަތަށް ބަލާއިރު، ޓަވަރު 1 އަދި 2 ގައި ލިފްޓް ބަހައްޓާ ނިމި ބޭނުންކުރަން ވަނީ ފަށާފައެވެ. ނަމަވެސް މި ލިފްޓްތަކުގައިވެސް އިތުރަށް ރަނގަޅުކުރަން ހުރި ކަންކަން ދެނެގަނެ ރަނގަޅުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީސީން ވިދާޅުވިއެވެ.

ޓަވަރު 3-9ގެ ޓަވަރުތަކުގެ ލިފްޓް ބެހެއްޓުމަށް ސްޓްރަކްޗަރަލް މަސައްކަތްތައް ވަނީ ނިމިފައެވެ.

މީގެތެރެއިން ޓަވަރު 3 އަދި 4 ގައި ލިފްޓް ހަރުކޮށް، ފިނިޝިން މަސައްކަތްތައް މިހާރު ދަނީ ކުރަމުންނެވެ. މި ލިފްޓްތައް ވަރަށް އަވަހަށް ބޭނުންކުރަން ފަށާނެއެވެ. ޓަވަރު 5-6ގައި ލިފްޓް އިންސްޓޯލްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ޓަވަރު 7-12އަށް ސްޓީލް ސްޓްރަކްޗަރގެ މަސައްކަތްތައް ދަނީ ކުރިއަށްގެންދަމުންނެވެ. ޓަވަރު 13-16ގެ ޓަވަރުތަކުގައި ލިފްޓް ބެހެއްޓުމުގެ ފައުންޑޭޝަން މަސައްކަތްތައް މިހާރު މުޅިން ނިމިފަވާކަމަށް އެޗްޑީސީން މަޢުލޫމާތުދެއެވެ.
ސަރުކާރުން މަސައްކަތްކުރަނީ މި އަހަރުގެ ތެރޭގައި، ހިޔާގެ ޓަވަރުތަކަށް ލިފްޓް އިތުރުކުރުމުގެ މަސައްކަތްތައް ނިންމާލުމަށެވެ.

ހިޔާގެ ކޮންމެ ޓަވަރަކަށް 2 ލިފްޓް އިތުރުކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހިޔާގެ ރައްޔިތުންނަށް ވެވަޑައިގެންފަވާ ވަރަށް މުހިންމު ވަޢުދެކެވެ. ހިޔާގެ ފްލެޓްތަކުގައި މިހާރު ހުންނަނީ ލިފްޓެއްގައި 3 ނުވަތަ 4 ލިފްޓެވެ. މި 16 ޓަވަރުގައި އިތުރަށް ޖުމްލަ 32 ލިފްޓް ހަރުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އަލަށް ބަހައްޓާ ލިފްޓްތަކަކީ ބަލި މީހުން އުފުލޭނެ އިންތިޒާމާއެކު، ސްޓްރެޗަރ އެރުވޭގޮތަށް ހުންނަ ލިފްޓުތަކެކެވެ. ލޮލުގެ ފެނުމުން މަހުރޫމްވެފައިވާ މީހުންނަށް އެނގޭނެހެން މިލިފްޓުތަކުގައި ފްލޯ ނަމްބަރު ބްރެއިލްއިންވެސް ހުންނާނެއެވެ.
ލިފްޓް ހަރުކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ ޗައިނާގެ ޝެންޔަންގް ޔުއާން އިންޓެލެކްޗުއަލް ގްރޫޕާއި ހަވާލުކޮށްގެންނެވެ.

ހިޔާ މަޝްރޫޢުގައި 6720 ހައުސިން ޔުނިޓް ހިމެނެއެވެ. ހިޔާގެ ކޮންމެ ޓަވަރެއްގައި 400އެއްހާ އެޕަރޓުމަންޓު ހިމެނެއެވެ. ކޮންމެ ޓަވަރެއްގެ އާބާދީ 2000އާއި ގާތްކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Masverin

ޒުވާނުން މަސްވެރިކަމަށް ޝައުގުވެރިކަން ހުރިނަމަ މިޕްރޮގާމުގައި ބައިވެރިވާންވީ

ދެކޮނަށް މޫސުން ގޯސްވެއްޖެ

ރާއްޖެ- ޗައިނާ އެމްއޯޔޫތަކަކީ ގުޅިގެން މަސައްކަތްކުރަން ހުޅުވުނު އައު ޞަފްހާތަކެއް: ޗައިނާ ސަފީރު

Election commission

ސިޔާސީ ޕާޓީއެއް ދެމިއޮތުމަށް ޤާނޫނު ލާޒިމުކުރާ 3000 މެންބަރުން ހަމަވެފައިނުވާތީ އެމްޓީޑީ އުވާލައިފި

ELL Mobile Advertisement TTH_advertisement