ދިވެހިބަހުގެ އެކެޑަމީން ބާއްވަމުން އަންނ ަވާހަކަ ދެއްކުމުގެ 38 ވަނަ ގައުމީ މުބާރާތް، އަލްއުސްތާޒު އިބްރާހީމް ޝިހާބުގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވާ ވާހަކަދެއްކުމުގެ ގައުމީ މުބާރާތް ފަށައިފިއެވެ.
އެ މުބާރާތް ކުރިއަށް ގެންދާނީ އޮގަސްޓް މަހުގެ 27 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ސަލްމާން މިސްކިތުގެ އޮޑިޓޯރިއަމްގައެވެ.
އެ މުބާރާތުގައި ދަށު ސާނަވީ ގިންތީގައި 26 ސްކޫލަކުން 105 ދަރިވަރުންނާއި، ސާނަވީ ގިންތީގައި 21 ސްކޫލަކުން 102 ދަރިވަރުން ބައިވެރިވެއެވެ.
އަދި މަތީ ސާނަވީ ގިންތީގައި5 ސްކޫލަކުން 25 ދަރިވަރުންނާއި، ތަފާތު ގޮތަކުން ކުޅަދާނަ 3 ދަރިވަރަކާއި އަމިއްލަ ފަރާތްތަކުގެ ބައިގައި 18 އަހަރުން ދަށުގެ 3 ބައިވެރިއަކާއި 18 އަހަރުން މަތީގެ އުމުރުފުރާއިން އަމިއްލަ ގޮތުން 1 ފަރާތެއް ބައިވެރިވެފައިވެއެވެ.
ތިން ބަޔަކަށް ބަހާލައިގެން ބާއްވާ މި މުބާރާތުގެ ސްކޫލުތަކުގެ ބަޔާއި އަމިއްލަ ފަރާތްތަކުގެ ބައިގެ އިތުރުން ބަހުސްގެ ބައެއް އޮންނާނެ ކަމަށް ބަހުގެ އެކަޑަމީން ހާމަކުރެއެވެ.
އެގޮތުން އަމިއްލަ ފަރާތްތަކުގެ ބައި އޮންނާނީ 18 އަހަރުން ދަށުގެ އުމުރުފުރައާއި 18 އަހަރުން މަތީގެ އުމުރަށް ކަމަށާއި، އޮފީސް، ކުލަބު، ޖަމިއްޔާ، ޖަމާއަތްތަކާއި އަމިއްލަ ޓީމުތަކަށް އޮންނާނީ ބަހުސް ކަމަށް އެ އެކެޑަމީން ބުނެއެވެ.
ކިޔުންތެރިންގެ ހިޔާލު