ކުއްލި ޚަބަރު

ބޮޑު ދެ އިންތިޚާބު އެކުގައި ބާއްވަން ސަރުކާރުން ތާއީދު ކުރަނީ ރައްޔިތުންނަށް ފައިދާވާނެތީ: ބަންޑާރަނައިބު

އަލިފާނުގެ ހާދިސާގައި ގެއްލުންވި އެޕާޓްމަންޓުތަކުގެ ނަރުދަމާ ހަފްތާއެއް ތެރޭ މަރާމާތުކުރަނީ

ބައިކިލޯއަށްވުރެ ގިނަ ޑްރަގާއެކު މީހަކު ހައްޔަރުކޮށްފި

ކައުންސިލް އިންތިޚާބަށް މުވައްޒަފުނން ހޯދުމަށް ބޭއްވި ވޯކް-އިން އިންޓަވިއުތައް ނިންމާލައިފި

112

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ މަސައްކަތްތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް ނިމިދިޔަ ހަފްތާ ބަންދުގައި ބޭއްވި ވޯކް-އިން އިންޓަރވިއުއަށް ވަރަށް ބޮޑު ތަރުޙީބެއް ލިބުނު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އީސީން ބުނީ 250 ވުރެ ގިނަ މީހުން ވޯކް-އިންޓަރވިއުގައި ފޯމު ހުށަހަޅާފައިވާ ކަމަށާއި، ޝަރުތު ހަމަވާ ފަރާތްތަކަށް ވަގުތުން އިންޓަވިއުކޮށް ޕްރެކްޓިކަލް ޓެސްޓް ނިންމާ ވަޒީފާއަށް މީހުން ނެގުމަށް ކުރަންޖެހޭ ހުރިހާ އިދާރީ މަސައްކަތްތައް ފުރިހަމަކޮށްފައިވާ ކަމަށެވެ. ވޯކް-އިން އިންޓަރވިއުގައި ބައިވެރިވެ ހުރިހާ މަރުހަލާތައް ނިންމާފައިވާ ފަރާތްތަކުގެ ތެރެއިން، މަޤާމުތަކަށް ހޮވޭ ފަރާތްތަކަށް އެންގުމާއި ވަޒީފާ ހަމަޖެއްސުމުގެ އިންތިޒާމްތައް މި ސެޕްޓެމްބަރު މަހުގެ ތެރޭގައި ކުރިއަށްދާނެ ކަމަށްވެސް އީސީން ބުންޏެވެ.

ވޯކް-އިން އިންޓަރވިއު އަށްފަހު މި މަޤާމުތަކަށް މުވައްޒަފުން ހަމަނުވާނަމަ، މި މަޤާމުތަކަށް އިޢުލާނުގައިވާ އަދަދަށް މުވައްޒަފުން ހަމަވަންދެން، 2025 ސެޕްޓެންބަރު 1 އިން ފެށިގެން ކޮންމެ 15 ދުވަހަކުން މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތައް އިވެލުއޭޓްކޮށް މީހުން ނަގަމުން ދާނެ ކަމަށް އީސީން ބުންޏެވެ.

އީސީން ބުނީ އިންޓަރވިއު އަދި އިމްތިޙާނު 2025 ސެޕްޓެންބަރު 1 ން 2026 މާރިޗު 15 ގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަން، މާލޭ ގައި އޮންނާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Amaan

ކައުންސިލް އިންތިޚާބަށް ކުރިމަތިލެވޭ ވަގުތު އިތުރުކޮށްފި

2

މުއްދަތު ހަމަވިއިރު، ވޯޓާސް ލިސްޓަށް 779 ޝަކުވާ ހުށަހެޅުނު

Election

ކައުންސިލް އިންތިޚާބު: ބޭރުގެ އޮބްޒާވަރުންނަށް ހުޅުވާލައިފި

Election commission

ކައުންސިލް އިންތިޚާބު: ޝަކުވާ ހުށަހެޅުން މިއަދު ހަމަވާނެ

TTH_advertisement