ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފުވައްމުލައް އެއާޕޯޓަށް ދިމާވި މައްސަލަ ހައްލުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް

11

ފުވައްމުލަކު އެއާޕޯޓަށް ދިމާވި މައްސަލަ ހައްލުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.

އެމްއޭސީއެލްގެ އޮފިޝަލަކު ވިދާޅުވީ ފުވައްމުލަކުގެ އެއާޕޯޓުގައި ބޭނުންކުރާ އަލިފާން ނިއްވާ ލޮރީގެ ހޮޅި ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެ މައްސަލަ ދިވާމީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. ފުވައްމުލަކު އެއާޕޯޓުގައި އޮންނަ ފަޔަ ޓްރަކް، ރަންވޭ މަތީގައި އޮއްވާ އިންޖީނު ހަލާކުވެގެން ރޭ ހުއްޓުނީ އެވެ.

އެ މައްސަލަ ހައްލުކުރުމަށް އެމްއޭސީއެލްގެ ޓެކްނިކަލް ޓީމެއް ރޭ އައްޑޫމަގުން ފުވައްމުލަކަށް ފޮނުވިއެވެ.

އޮފިޝަލް ވިދާޅުވީ އެ މައްސަލަ ހައްލުކުރުމަށްޓަކައި އައްޑޫއިން ގެންދާ ފަޔާ ލޮރީ ލޭންޑިން ކްރާފްޓެއްގައި ފުވައްމުލަކަށް ގެންދިއުމަށް މިހާރު ދަތުރު ފަށާފައިވާ ކަމަށެވެ. އަދި ފަޔާ ލޮރީ މިރޭ ފުވައްމުލަކަށް ގެންދެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

velana airport

ފުރަން ދިއުމުގެ ކުރިން ފްލައިޓް މައުލޫމާތު ސާފުކުރުމަށް އެމްއޭސީއެލުން އެދިއްޖެ

macl velana airport

މިރެއިން ފެށިގެން އެއާޕޯޓުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް

FB IMG

އޭވިއޭޝަން ދާއިރާއަށް ހާއްސަކޮށްގެން ފުރަތަމަ ފަހަރަށް “ވެލާނާ އެވޯޑްސް” ދީފި

އެއާޕޯޓަށް ލިބޭ ކުރިއެރުމަކީ ޤައުމަށް ލިބޭ ކުރިއެރުމެއް: ޝަރީފް