ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފަސް ސިޔާސީ ޕާޓީއަކަށް 27.9 މިލިއަން ރުފިޔާ ދޫކޮށްފި

Election commission

ރާއްޖޭގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ތެރެއިން 10،000 މެމްބަރުން ހަމަވާ ފަސް ސިޔާސީ ޕާޓީއަކަށް 27.9 މިލިއަން ރުފިޔާ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދޫކޮށްފިއެވެ.

އީސިން މި މަހުގެ އެއްވަނަ ދުވަހު ވިދާޅުވީ، އެ ކޮމިޝަންގައި ރަޖިސްޓަރީ ކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން މި އަހަރުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދުވަހާ ހަމައަށް 10,000 މެންބަރުން ހަމަވި ސިޔާސީ ޕާޓީތަކަށް، ބަޖެޓުގެ އާމްދަނީން ދޫކުރަންޖެހޭ ފައިސާގެ ޕޭމަންޓް ޕްރޮސެސް ކުރުމަށްފަހު، ސިޔާސީ ޕާޓީތަކަށް ފައިސާ ޖަމާކުރުމަށް ބޭންކްތަކަށް ފޮނުވާފައިވާ ކަމަށެވެ.

ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރިގޮތުގެ ތަފްސީލު
މީގެ ތެެރެއިން އެންމެ ގިނައިން ފައިސާ ދޫކޮށްފައި ވަނީ ސަރުކާރު ހިންގާ ޕީއެންސީއަށެވެ. އެ ޕާޓީއަށް 13.3 މިލިއަން ރުފިޔާ ދޫކޮށްފައި ވެއެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނު އޮންނަ ގޮތުން 10،000 މެމްބަރުން ހަމަވާ ޕާޓީތަކަށް ފައިސާ ދޭން ޖެހެއެވެ. އެއީ ދައުލަތުގެ ބަޖެޓުގެ %0.1 އެވެ. ފައިސާ ދޭނީ މެމްބަރުން ތިބި ނިސްބަތަށް ބަލައިގެންނެވެ. މިގޮތުން 2024 ޑިސެންބަރު 31 ގެ ނިޔަލަށް ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 10,000 މެންބަރުން ހަމަވާ ފަސް ސިޔާސީ ޕާޓީއަށް، އެޕާޓީއެއްގައި މެންބަރުން ތިބި ނިސްބަތުން، ބޮލަކަށް 193.23 ރުފިޔާ ގެ މަގުން ފައިސާ ފައިސާ ދޫކޮށްފައިވާ ކަމަށް އީސީން ވިދާޅުވެފައި ވެއެވެ.

އީސީގެ ދަފްތަރު މިހާރު އޮތް ގޮތުން އެންމެ މެމްބަރުން ގިނައީ ޕީއެންސީގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Election

ވޯޓުލާން ރަޖިސްޓްރީވި ފޮށްޓާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ މުއްދަތު މިއަދު ހަމަވާނެ

455101 96bdb636 d

އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމަށް ބޭފުޅަކު އައްޔަންކުރައްވައިފި

Election

އިންތިޚާބަށް ރީ-ރަޖިސްޓްރީވުމަށް ބާކީ އެއް ދުވަސް، އަވަހަށް ރަޖިސްޓްރީވުމަށް އެދިއްޖެ!

އިލެކްޝަންސް ކޮމިޝަނަށް ރިފްއަތު އައްޔަންކުރުމަށް މަޖިލީހުން ރުހުން ދީފި