ކުއްލި ޚަބަރު

ސަރުކާރުގެ ފުރަތަމަ ސްކީމުން 15000 ގޯއްޗަށް ކުރިމަތިލާން ހުޅުވާލައިފި

އެންމެންނަށް ބޯހިޔާވަހިކަން ސިޔާސަތު އިފްތިތާހުކޮށްފި

އަތޮޅު ކައުންސިލްތައް އުވާލައި ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލިހަށް ހުށަހަޅައިފި

ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ކައުންސިލްގެ ގަސް އިންދުމުގެ ޕްރޮގްރާމް މިނިސްޓަރު ތޯރިގު އިފްތިތާހުކޮށްދެއްވައިފި

66

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ) ގެ ދަރިވަރުންގެ ކައުންސިލުން، ޤައުމީ ”5 މިލިއަން ގަސް“ ޕްރޮގްރާމާ ގުޅިގެން، ޔުނިވަރސިޓީގެ ހުރިހާ ފެކަލްޓީތަކެއްގައި ގަސްއިންދުމުގެ ބޮޑު ޕްރޮގްރާމެއް ފަށައިފިއެވެ.

މި ޕްރޮގްރާމް ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވީ ޓުއަރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓަރު، ޠާރިޤު އިބްރާހީމްއެވެ.

މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ތިމާވެށި ރައްކާތެރިކުރުމާއި، ދިވެހިރާއްޖޭގައި ފެހިކަން އިތުރުކުރުމުގެ ޤައުމީ މަސައްކަތަށް އެއްބާރުލުން ދިނުމެވެ.

ޓުއަރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީން މިއަދު ބުނީ އެ ޔުނިވަރސިޓީގެ ދަރިވަރުންނާއި މުވައްޒަފުން، އަދި ޔުނިވާސިޓީގެ ކޮންމެ ފެކަލްޓީއަކުން ވެސް މި ޕްރޮގްރާމުގައި ހަރަކާތްތެރިވާނެ ކަމަށެވެ.

މި ޕްރޮގްރާމް އިފްތިތާޙު ކޮށްދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ޠާރިޤު އިބްރާހީމް ވިދާޅުވީ، ޒުވާނުންނާއި ދަރިވަރުން ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތުގައި އިސްދައުރެއް އަދާކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

”ޤައުމީ ”5 މިލިއަން ގަސް“ ޕްރޮގްރާމަކީ ދިގު މުއްދަތަށް ރާއްޖޭގެ ތިމާވެއްޓަށް ފައިދާކުރާނެ މަޝްރޫޢެއް، މިފަދަ މަސައްކަތްތަކުގައި ޔުނިވަރސިޓީގެ ދަރިވަރުންގެ ބައިވެރިވުން ހުރިހާ ގޮތަކުން ވެސް ބަލައިގަންނަން“ މިނިސްޓަރު ވިދާޅުވިއެވެ.

ދަރިވަރުންގެ ކައުންސިލުން ބުނީ، މި ޕްރޮގްރާމްގެ ދަށުން ޔުނިވަރސިޓީގެ ކޮންމެ ފެކަލްޓީއެއްގެ ގޯތިތެރެއާއި ވަށައިގެންވާ ސަރަޙައްދުގައި ގަސްއިންދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Dd

ނޫސްވެރިންނަށް ގިނަ ފުރުސަތުތަކެއް ފަހިވެގެންދާނެ މުހިއްމު ފަހުމުނާމާއެއްގައި ސޮއިކޮށްފި

އދ. ފަތުރުވެރިކަމުގެ ޖަމްޢިއްޔާގެ 26 ވަނަ ސެޝަންގެ ނައިބު ރައީސްކަމަށް ރާއްޖެ އިންތިޚާބުވެއްޖެ

920

ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވަން ތުރުކީއާ އެކު މަޝްވަރާކޮށްފި

Dd

ޕާޓާގެ ސީއީއޯއާ އެކު ފަތުރުވެރިކަން ހަރުދަނާކުރުމަށް މަޝްވަރާކޮށްފި

TTH_advertisement