ކުއްލި ޚަބަރު

ވިލިމާލޭ މާރުކޭޓް ހެދި ކުންފުންޏަށް ނުދައްކާހުރި ފައިސާ ދައްކަން ހުކުމްކޮށްފި

މިއަދުވެސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ

ތުޅާދުއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި

ދިގު މުއްދަތަކަށް ހިދުމަތްކޮށްފައިވާ ފުލުހުންގެ އަގު ވަޒަން ކޮށްފި

ފުލުހުންގެ ހިދުމަތުގައި ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށްފި އެވެ.

އެ މުވައްޒަފުންގެ އަގު ވަޒަންކޮށްފައި ވަނީ ފުލުހުންގެ ހިދުމަތުގެ ދުވަހުގެ ރަސްމީ ޖަލްސާ ގަ އެވެ. މި ޖަލްސާގައި ވަނީ ދިގު މުއްދަތަކަށް ހިދުމަތްކޮށްފައިވާ ފުލުހުންގެ އަގު ވަޒަންކޮށް ހަނދާނީ ފިލާ ދީފަ އެވެ. އެގޮތުން ފުލުހުންގެ ހިދުމަތުގައި 35 އަހަރު، 30 އަަހަރު، 25 އަހަރު އަދި 20 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކޮށްފައިވާ މުވައްޒަފުންނަށް ހަނދާނީ ފިލާ ދީފައިވެއެވެ.

މި މުވައްޒަފުންނަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން އެވެ.

މިއަދު ފާހަގަކުރާ ފުލުހުންގެ ހިދުމަތު ދުވަހަކީ 2004 ވަނަ އަހަރު ދިވެހި ފުލުހުންގެ މުއައްސަސާ ވަކި މުއައްސަސާއެއްގެ ގޮތުގައި އުފެދި ހިދުމަތްދޭން ފެށި ދުވަހެވެ. އެގޮތުން މިއަހަރު ފާހަގަކުރަމުންދަނީ ދިވެހި ފުލުހުންގެ މުއައްސަސާ ވަކި މުއައްސަސާއެއްގެ ގޮތުގައި އުފެދި ހިދުމަތްދޭތާ 21 ވަނަ އަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Main 20250904 122843

މަސްތުވާތަކެތީގެ މައްސަލައެއްގައި މާލެއިން ދެމީހަކު ހައްޔަރުކޮށްފި

stelco

އައިމިނާރަނި ހިނގުމާއި، އަމީނީ މަގުން ކަރަންޓް މެދުކެނޑިދާނެ: ސްޓެލްކޯ

Big 8lju7h3hq9zqun2oytmtyoxd2

ސީއެޗްއެސްއީ ދަރިވަރުންނަށް ކެރިއާ ގައިޑެންސް ޕްރޮގްރާމެއް ބާއްވައިފި

moosun

ދެކުނުގެ އަތޮޅުތަކަށް މިއަދު ވިއްސާރަކުރުމާއެކު ގުގުރާނެ: މެޓް

TTH_advertisement ELL Mobile Advertisement