ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރަތްކަނޑުން ދަތުރުކުރި އިސްރާއީލުގެ ތެޔޮ ޓޭންކަރަކަށް، ހޫޘީން ބެލިސްޓިކް މިސައިލް ހަމަލާއެއް ދީފި

ރަތްކަނޑުގައި ހޫޘީން ކުރިން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން:

ރަތްކަނޑުން ދަތުރުކުރި އިސްރާއީލުގެ ތެޔޮ ޓޭންކަރަކަށް، ޔަމަނުގެ ހޫޘީން ބެލިސްޓިކް މިސައިލް ހަމަލާއެއް ދީފިއެވެ.

ހޫޘީ އަސްކަރިއްޔާގެ ތަރުޖަމާނު ވިދާޅުވީ، ހަމަލާދިނީ އިސްރާއީލަށް ނިސްބަތްވާ “ސްކާލެޓް ރޭ” ނަމަކަށް ކިޔާ ޓޭންކަރަށް ކަމަށާއި، ބެލިސްޓިކް މިސައިލް ސީދާ ބޯޓަށް އަމާޒުވި ކަމަށެވެ.

މި ހަމަލާގައި ބޯޓަށް ލިބުނު ގެއްލުމާ ގުޅޭ ތަފްސީލެއް އަދި ނުލިބެއެވެ.

އިނގިރޭސި މެރިޓަމް ސެކިއުރިޓީ އިދާރާ، އެމްބްރޭއިން ބުނެފައިވަނީ، ސައުދީ ރަތްކަނޑުގެ ސައުދީ އަރަބިއްޔާ ސަރަހައްދުން ދަތުރުކުރި ތެޔޮ ޓޭންކަރެއް ކައިރީގައި ބާރުގަދަ ގޮވުމެއް ގޮވިކަމަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

މިކަމާ ގުޅޭގޮތުން އިސްރާއީލުން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.

ރަތްކަނޑުން ދަތުރުކުރި އިސްރާއީލުގެ ތެޔޮ ޓޭންކަރަކަށް ހޫޘީން  މިސައިލް ހަމަލާއެއް މިދިނީ، އިސްރާއީލުން މިދިޔަ ބުރާސްފަތިދުވަހު ޔަމަނުގެ ވެރިރަށް ސަންޢާއަށް ދިން  ވަރުގަދަ ވައިގެ ހަމަލާތަކެއްގައި، ހޫޘީންގެ ސަރުކާރުގެ ބޮޑުވަޒީރާއި، ކެބިނެޓް އެތައް ވަޒީރުން އަވަހާރަކޮށްލުމުން، އެކަމުގެ ބަދަލު ވަރަށް ވޭންދެނިވި ގޮތެއްގައި ހިފާނޭކަމުގެ އިންޒާރު ދިނުމަށް ފަހުގައެވެ.

ހޫޘީ ސަރުކާރުގެ ރައީސް އަދި ސުޕްރީމް ޕޮލިޓިކަލް ކައުންސިލްގެ ރައީސް މަހްދީ އަލް-މަޝްއަތު ވިދާޅުވެފައިވަނީ، ކުރިއަށް ހުރީ އިސްތިއުމާރީ ބާރަށް ނާމާން، ކަޅު ދުވަސްތަކެއް ކަމަށެވެ.

ހޫޘީން ދެން ފަށާ އޮޕަރޭޝަންގައި ޒަޔަނިސްޓު ދައުލަތް މުލުން ލުހެލާނެ ކަމަށްވެސް އިންޒާރުގައި ވެއެވެ.

މި މަސައްކަތުގެ ދަށުން، ސަންޢާގައި ހުންނަ އދގެ އޮފީސް އިއްޔެ ރެއިޑްކޮށް 11 މީހުން ހައްޔަރު ކޮށްފައި ވެއެވެ. މިއީ، އދގެ ތޮފި އަޅައިގެން އިސްރާއީލަށް ޖާސޫސްކޮށްދޭ މީހުން ކަމަށް، ޙޫޘީން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހުޅަނގު އޭޝިޔާގައި ހުރި އެމެރިކާ އަދި އިސްރާއީލާ ގުޅުންހުރި ދެ ޔުނިވަރސިޓީއަކަށް ރައްދު ހަމަލާދޭން އީރާނުން ނިންމައިފި

ނިއުކްލިއަރ ފެސިލިޓީތަކަށް ދިން ހަމަލާތަކުގެ ބަދަލު އީރާނުން ހިފާނެގޮތެއް ނޭނގޭތީ ސަރަހައްދު ނުތަނަވަސްވެފައި

ޔަހޫދީ އިސްރާއީލާ މެދު ފިޔަވަޅު އެޅުމަށް ރާއްޖެއިން ގޮވާލައިފި

އީރާނުން ހުއްޓާނުލާ އިސްރާއީލަށް ހަމަލާތައްދެނީ، އިސްރާއީލުގެ ދެމިލިއަން މީހުން ބިންގަރާސްތަކުގައި