ވާޖިބު އަދާކުރުމުގައި ތެދުވެރިކަމާއި މުރާލިކަމާއެކު ދިވެހި ފުލުހުން ރެޔާއިދުވާލު ކުރަމުންދާ ބުރަ މަސައްކަތަށް ޝުކުރު އަދާކުރަމުން، ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ ތަހުނިޔާ އަރިސްކުރަން! pic.twitter.com/kyXdAH83xi
— Dr Mohamed Muizzu (@MMuizzu) September 1, 2025
ފުލުހުންގެ ޚިދުމަތް ފެށިގެން އައިސްފައިވަނީ 1933 ވަނަ އަހަރުއެވެ. ނަމަވެސް ސިފައިންނާއި ފުލުހުންގެ ޚިދުމަތް އެއް ޚިދުމަތެއްގެ ގޮތުގައި ބައްޓަންވެގެން އައިސް، 2004 ވަނަ އަހަރު ސެޕްޓެމްބަރު މަހު 1 ވަނަ ދުވަހު ފުލުހުންގެ ޚިދުމަތް ވަކިވެ، ދިވެހި ފުލުހުންގެ ޚިދުމަތުގެ މުއައްސަސާ ޤާއިމްވެގެން ދިޔައެވެ. އެހާ ހިސާބުން ފުލުހުން ސިފައިންގެ ޚިދުމަތުން ވަކި ކުރެވި ފުލުހުންގެ ޚިދުމަތް މިނިސްޓްރީ އޮފް ހޯމް އެފެއާޒް ނުވަތަ ދާޙޚިލީ ވުޒާރާގެ ދަށަށް އޭރު ބަދަލު ކުރެވިގެން ދިޔައެވެ.
މި ޚިދުމަތަށް ޚާއްސަކޮށްގެން ޤާނޫނެއް ފުރަތަމަ އެކުލަވާލެވި ޢަމަލުކުރަން ފެށުނީ 2008 ވަނަ އަހަރުއެވެ. އޭގެ ފަހުން ފުލުހުންގެ ޚިދުމަތުގެ އައު ޤާނޫނެއް 2020 އެކުލަވާލެވި ޒަމާނީ ކޮމިނިއުޓީ ޕޮލިސިންގެ ފަލްސާފާގެ ތެރެއިން ފުލުހުންގެ ޚިދުމަތް ބައްޓަން ކުރެވިގެން ގޮސްފައިވެއެވެ.
ފާއިތުވި 21 އަހަރުގެ ތެރޭގައި ދިވެހި ފުލުހުންގެ ހިދުމަތަށް އެކި ބަދަލުތައް ގެނެސް ޒަމާނާ އެއްގޮތަށް ދަނީ ހިދުމަތް ފޯރުކޮށްދެމެންނެވެ. އަދި ފުލުހުންގެ ޚިދުމަތް ފުޅަކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ސަރުކާރުން ނިންމަވާފައިވަނީ މިއަހަރުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފެށުމަށެވެ.
ކިޔުންތެރިންގެ ހިޔާލު