ކުއްލި ޚަބަރު

ސައިކަލެއް ވަގަށްނެގި ދެ މީހަކު ހައްޔަރުކޮށްފި

ސްޓެލްކޯއިން އެ ކުންފުނީގެ އިންޖިނޭރުންނަށް ރަތް ދޫލައިގައި މަރުހަބާއެއް ކިޔައިފި

ރައީސް މުއިއްޒު މޯދީއާ ބައްދަލުކުރައްވައިފި

މީހަކަށް ގޯއްޗެއް ދޭން ދައުލަތުގެ މައްޗަށް ކުރި އަމުރު ހައިކޯޓުން ބަދަލެއް ނުކުރި

high court

މީހަކަށް ގޯއްޗެއް ދޭން ދައުލަތުގެ މައްޗަށް ކުރި އަމުރު ބަދަލު ނުކުރުމަށް ހައިކޯޓުން ނިންމައިފިއެވެ.

މި މައްސަލައަކީ އާބާދީއާއި ތަރައްގީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ދިވެހި ދައުލަތުން ހއ. ބެރިންމަދޫ ރައްޔިތުން އެ އަތޮޅު ހޯރަފުށްޓަށް ބަދަލުކުރުމުގައި ހޯރަފުށ،ި ޝައިނީ ހުސައިން އަފީފް އަބްދުﷲގެ ނަމުގައި ރަޖިސްޓްރީކޮށްދީފައިވާ ބެރިންމަދޫ “ޕިންކްރޯސް” ގޭގެ ބަދަލު، ހުސައިން އަފީފަށް ލިބިދީފައިނުވާތީ، އެ ގޭގެ ބަދަލު ހޯދުމަށާއި، ގޯއްޗެއް ނެތި އާއިލާ ކުއްޔަށް ދިރިއުޅެން ޖެހުމުގެ ސަބަބުން ކުއްޔަށް ދައްކާފައިވާ 2.4 މިލިއަން ރުފިޔާއާއި، ގާނޫނީ ވަކީލަށް ހަރަދުކުރަން ޖެހުނު 50،000 ރުފިޔާއާއެކު ޖުމުލަ 2.5 މިލިއަން ރުފިޔާ ހޯދުމަށް އެދި ހައުސިން މިނިސްޓްރީ (ދިވެހި ދައުލަތް) އާއި ހޯރަފުށީ ކައުންސިލްގެ މައްޗަށްކުރި ޖުޑިޝަލް ރިވިއުގެ ދައުވާއެކެވެ.

މި މައްސަލައިގައި ސިވިލްކޯޓުން ހުކުމް ކުރީ، “ޕިންކްރޯސް” ގޭގެ ބަދަލުގައި، 31 ޑިސެމްބަރު 2024 ގެ ކުރިން ހޯރަފުށިން ހުސައިން އަފީފަށް ގޯއްޗެއް ހަމަޖައްސައިދިނުމަށް ހޯރަފުށީ ކައުންސިލް އަދި ދިވެހި ދައުލަތުން (މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ)ގެ މައްޗަށް އަމުރުކޮށް، ޝަރީއަތުގެ ހަރަދުގެ ގޮތުގައި ހުސައިން އަފީފް އަބްދުﷲގެ ފަރާތުން ގާނޫނީ ވަކީލަށް ހަރަދުކުރި ފައިސާ ހުސައިން އަފީފަށް ލިބިދިނުމުގެ ގޮތުން 11 އޮގަސްޓް 2024 ގެ ކުރިން އެ ފައިސާ ސިވިލް ކޯޓަށް ދައްކައި ހަލާސްލުރުމަށް ދިވެހި ދައުލަތަށް އަންގާ ކަމަށެެވެ.

ނަމަވެސް ހުސައިން އަފީފްގެ ފަރާތުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދުމަށް އެދުނު ފައިސާ ނަގައިދެވެން ނެތް ކަމަށް ހުކުމްގައި ކަނޑައެޅިއެވެ.

މި ހުކުމް ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.

ދެފަރާތުގެ ހުށަހެޅުންތަކަށް ބެލުމަށްފަހު، މި މައްސަލައިގައި ހައިކޯޓުން މިއަދު ހުކުމްކުރީ، މި މައްސަލައިގައި ފާހަގަކުރެވުނު ނުކުތާތަކަށް ބަލާއިރު، ސިވިލްކޯޓުން ކޮށްފައިވާ ހުކުމަށް ބަދަލު ގެންނަންޖެހޭ، ގާނޫނީ ސަބަބެއް ނެތްކަމަށް މި މައްސަލަ ބެއްލެވި، ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މާމައިންނާއި ކާފައިންނަކީ އިލާހީ ހެޔޮ ރަޙްމަތެއް: ރައީސް

JSC

މޫނު ބުރުގާ އަޅައިގެން ޝަރުޢީ ދާއިރާގައި މަސައްކަތްކުރެވޭގޮތަށް ޤަވާއިދަށް އިސްލާހެއް

muiz police

ދިވެހި ފުލުހުން ރެޔާއި ދުވާލު ކުރައްވަމުންދާ ބުރަ މަސައްކަތަށް ރައީސްގެ ޝުރުކު

Police vcle

ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ މީހަކު، ބައްޕައަށް ހަމަލާދީ ޒަހަމްކޮށްލައިފި

ELL Mobile Advertisement TTH_advertisement