ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އީސީގެ ވޯކް-އިން އިންޓަވިއުގައި 100 އަށްވުރެ ގިނަ މީހުން ބައިވެރިވެއްޖެ

11

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު ގެ މަސައްކަތްތަކަށް ބޭނުންވާ  މުވައްޒަފުން ހޯދުމަށް އިއްޔެ ބޭއްވި ވޯކް-އިން އިންޓަވިއުއަށް ވަރަށް ބޮޑު ތަރުޙީބެއް ލިބިއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އިއްޔެ ކަލާފާނު ސްކޫލްގައި ބޭއްވި ވޯކް-އިން އިންޓަވިއު އަށް 100 އަށް ވުރެގިނަ މީހުން ފޯމު ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރޭގައި ގިނައީ 18 އަހަރާއި 25 އަހަރާ ދެމެދު ޒުވާނުންނެވެ. އަދި އެންމެ ގިނައިން ފޯމު ހުށަހަޅާފައިވަނީ އޮފިސަރުންނަށާއި ސީނިއާ އޮފިސަރުންގެ މަގާމަށް ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

މިއަދު ހުޅުމާލެ ފޭސް 2 ގައި ހުންނަ ކާމިލް ދީދީ ޕްރައިމަރީ ސްކޫލުގައި ވޯކް-އިން އިންޓަވިއު،ހަވީރު 4:00 އިން ރޭގަނޑު 10:00 ކުރިއަށްދާނެއެވެ.

ވޯކް-އިން އިންޓަރވިއުއަށް ހާޒިރުވާއިރު އައިޑީ ކާޑު، ތައުލީމީ ސެޓްފިކެޓް އަދި ސީވީގެ ކޮޕީ ގެނައުމުން، ޝަރުތު ހަމަވާ ފަރާތްތަކަށް ފޯމު ހުށަހެޅުމާއި ވަގުތުން އިންޓަވިއުކުރުމާއި ޕްރެކްޓިކަލް ޓެސްޓް ހެދުމުގެ އިންތިޒާމްތައްވެސް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

455101 96bdb636 d

އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމަށް ބޭފުޅަކު އައްޔަންކުރައްވައިފި

Election

އިންތިޚާބަށް ރީ-ރަޖިސްޓްރީވުމަށް ބާކީ އެއް ދުވަސް، އަވަހަށް ރަޖިސްޓްރީވުމަށް އެދިއްޖެ!

އިލެކްޝަންސް ކޮމިޝަނަށް ރިފްއަތު އައްޔަންކުރުމަށް މަޖިލީހުން ރުހުން ދީފި

Qw

ކައުންސިލް އިންތިޚާބަށް އޮފިޝަލުން ހޯދަން އަނެއްކާވެސް އިއުލާންކޮށްފި