ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބުރިޖަކީ ޗައިނާއާ ދެމެދު އޮތް އިތުބާރު ގާއިމުވެފައިވާ ދިގުދެމިގެންދާ ގުޅުންތަކުގެ ފަހުރުވެރި ހެއްކެއް: ރައީސް

raees muiz
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު

ޗައިނާ-މޯލްޑިވްސް ފްރެންޑްޝިފް ބުރިޖަކީ ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް އިތުބާރު ގާއިމުވެފައިވާ ދިގުދެމިގެންދާ ގުޅުންތަކުގެ ފަހުރުވެރި ހެއްކެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސިނަމާލެ ބުރިޖު ހުޅުވިތާ ހަތް އަހަރުފުރުމާ ގުޅިގެން ރައީސް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ބުރިޖާއެކު ރާއްޖެއަށް އާ މަގުތަކެއް ހުޅުވިގެންދިޔަ ކަމަށެވެ.

ހަގީގީ ޕާޓްނަޝިޕަކުން ހާސިލުކުރެވުނު އެ ފަހުރުވެރި ހެކިން ރާއްޖެއާއި ޗައިނާއާ ދެމެދު ހިއްސާކުރެވޭ އެއްބައިވަންތަކަމާއި އިތުބާރާއި ތަނަވަސްކަމުގެ ދިގުދެމިގެންދާ ގުޅުންތައް ދައްކުވައިދޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި ސިނަމާލެ ބުރިޖު ހުޅުވިގެންދިޔަ އިރު، އެ މަސައްކަތުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި ބޭފުޅަކީ އޭރު ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވި، މިހާރުގެ ރައީސް މުއިއްޒެވެ.

ސިނަމާލެ ބުރިޖު ހެދުމަށް ޗައިނާއިން 116 މިލިއަން ޑޮލަރުގެ ހިލޭ އެހީ އަދި ލޯނުގެ ގޮތުގައި 72 މިލިއަން ޑޮލަރު ދިނެވެ. އެ މަޝްރޫއަށް ސަރުކާރުން ހަރަދުކުރީ 12 މިލިއަން ޑޮލަރެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ދޮރުން ދޮރަށް ހަރަކާތުގެ ދެވަނަ ބުރުގައި މިއަދު މާފަންނު ހުޅަނގަށް ރައީސް ވަޑައިގެންފި

dhigu rashu

ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާ ފުރިހަމައަށް ތަހުގީގުކުރަން ރައީސް އަންގަވައިފި

ދިގުރަށުގެ އަލިފާނުގެ ހާދިސާގައި ނިޔާވި މީހުންގެ އާއިލާތަކަށް ރައީސް ތަޢުޒިޔާ ފޮނުއްވައިފި

ރައީސްގެ ދެކަނބަލުން އީދުސަލާން ކުރެއްވުން މިފަހަރުވެސް މުލިއާގޭގައި އޮންނާނެ