ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރާއްޖެ ދުނިޔޭގެ ފެންވަރުގައި ޚާއްޞަ މަންޒިލަކަށް ހެއްދެވުމުގައި އެމްޔޫ މަނިކުގެ ދައުރު ބޮޑު: ރައީސް

MU Manik
STO_Ads
Maldivian_Ads
TTH_Ads
Advertisement

ޓޫރިޒަމްގެ ހާއްސަ މަންޒިލަކަށް ރާއްޖެ ހެދުމުގައި މުހައްމަދު ޢުމަރު މަނިކު (އެމްޔޫ މަނިކު) އަދާކުރެއްވީ ތައުރީފު ހައްގު، ބޮޑު ދައުރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުއިއްޒު މިހެން ވިދާޅުވީ، އެމްޔޫ މަނިކު އަވަހާރަ ވުމާ ގުޅިގެން، ތައުޒިޔާ ވިދާޅުވެ ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.

“ރާއްޖޭގެ ފަތުރުވެރިކަމުގެ އެއް ބާނީ ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތުގެ ވެރިޔާ މުހައްމަދު ޢުމަރު މަނިކު އަވަހާރަވި ޚަބަރު އަޅުގަނޑު އެހީ ވަރަށް ފުން ހިތާމައާއެކުގައި. ރާއްޖޭގެ ފަތުރުވެރިކަން މިއަދާ ހަމައަށް ތަރައްޤީވެ ކުރިއަރައި ދިޔުމުގައި އެމަނިކުފާނު ކުރައްވާފައިވަނީ، ތަޢުރީފް ޙައްޤު މަސައްކަތްޕުޅުތަކެއް. ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ފަތުރުވެރިންގެ ޚާއްޞަ މަންޒިލަކަށް ހެއްދެވުމުގައި އެމަނިކުފާނު ކުރެއްވި ބުރަ މަަސައްކަތްޕުޅުތަކާއި، އަދާކުރެއްވި ދައުރު ނުހަނު ބޮޑު. މާތްﷲ، މަރްްޙޫމް މުޙައްމަދު ޢުމަރު މަނިކުގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި! މަރްޙޫމްގެ ޢާއިލާއަށް ކެތްތެރިކަން ދެއްވާށި! އާމީން. ” ރައީސްގެ އެކްސް ޕޯސްޓުގައި ވިދާޅުވި އެވެ.

HajjCop_ads
Advertisement

އެމްޔޫ މަނިކު އަވަހާރަ ވީ ހާލުކޮޅު ދެރަވެ، ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނު 6:30ގައި، ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލުގައެވެ. އަވަހާރަވީ އިރު އުމުރުފުޅަކީ 78 އަހަރެވެ.

އޭނާގެ މައްޗަށް ޣައިބަށް ކުރާ ކަށު ނަމާދު މިއަދުގެ އަސުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި އޮންނާނެ އެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Colombo Sri Lanka

ލަންކާ ޖަލުގައި 8 އަހަރު ހޭދަކުރި ދިވެއްސަކު މިނިވަންވެއްޖެ

Original

އެކްސިޑެންޓުގައި ސީރިއަސް އަނިޔާތައް ލިބުނު ކުއްޖާ ނިޔާވެއްޖެ

Eydafushi

އުމުރުން ދުވަސްވީ މީހަކު އޭދަފުށީ ފަޅުތެރޭގައި ނިޔާވެފައި އޮތްވާ ފެނިއްޖެ

Original

ހިމަބިއްސަށް ފަރުވާ ހޯދަމުން ދިޔަ ޒުވާނަކު މަރުވެއްޖެ