ކުއްލި ޚަބަރު

އިނާޒު ދެއްވި ޔަގީންކަން: ގަވާއިދާ ޚިލާފު އެއްވެސް ކަމެއް ޕެންޝަން އޮފީހުން ނުކުރޭ

ޓްރަމްޕް ބްރޭންޑުގެ ރިސޯޓެއް ރާއްޖޭގައި ހަދަނީ

ރާއްޖޭގައި އިންޓަނޭޝަނަލް ސަބްމެރީން ކޭބަލް ލޭންޑިން ސްޓޭޝަނެެއް ގާއިމުކުރަން ގޫގުލްއިން ނިންމައިފި

ކިހާ ރިސޯޓް ހިންގަމުންދަނީ ގާނޫނާ ހިލާފަށް، ފިޔަވަޅު އަޅާނެ: ޓޫރިޒަމް

ބ. ކިހާދުއްފަރުގައި ގާނޫނާ ހިލާފަށް ރިސޯޓު ހިންގަމުން ދާތީ ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކިހާ މޯލްޑިވްސް ރިސޯޓު ހިންގާ ކިހާދުއްފަރަކީ އެ މިނިސްޓްރީ އާއި އަތަމާ މެރިން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑާ ދެމެދުގައި ވެފައިވާ އެއްބަސްވުމެއްގެ ދަށުން ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ކުއްޔަށް ދީފައިވާ ރަށެއް ކަމަށެވެ. ނަމަވެސް، އެ ރަށުގައި ތަރައްގީކުރި ރިސޯޓު މިނިސްޓްރީގެ މިންގަނޑަށް ނުފެތޭތީ، މިންގަނޑަށް ފެއްތުމަށް ތަކުރާރުކޮށް ފުރުސަތު ދީފައިވާނެ ކަމަށެވެ.

މިނިސްޓްރީން ބުނީ، ކަންކަން ރަނގަޅުކުރަން އެ ރިސޯޓަށް ދީފައިވާ ވަގުތީ އޮޕަރޭޓިން ލައިސަންސްގެ މުއްދަތުވެސް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހަށް ހަމަވެފައިވާ ކަމަށެވެ. އެ މުއްދަތު ފަހަނައަޅައިދިޔައިރުވެސް ކަންކަން ރަނގަޅުކޮށްފައިނުވާ ކަމަށް ބުންޏެވެ.

މިނިސްޓްރީން ބުނީ، ހުއްދަ ނެތި އެ ރިސޯޓު ހިންގާތީއާއި އެ ކުންފުނިން ހުއްދަ ނެތި އެ ރަށުގައި ޓޫރިސްޓުން ބައިތިއްބާތީ، ދެ ފަހަރެއްގެ މަތިން އެ ކުންފުނި ޖޫރިމަނާ ކޮށްފައިވާ ކަމަށާއި އަދިވެސް ހައްލެއް ނުލިބޭތީ ކަމާބެހޭ އިދާރާތަކާ ގުޅިގެން އެ ކުންފުންޏަށް ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިނިސްޓްރީން ވަނީ ކިހާ މޯލްޑިވްސް ރިސޯޓަށް ޓޫރިސްޓުން ގެންދިއުމަށް އެއްވެސް މުއާމަލާތެއް އެއްވެސް ސިފައެއްގައި އެއްވެސް ފަރާތަކުން ނުކުރުމަށް އަންގައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

tourists

ރާއްޖެއަށް 1.9 މިލިއަން ފަތުރުވެރިން، 9.9 އިންސައްތައިގެ ކުރިއެރުމެއް

resorts

ވޯލްޑް ލީޑިން ޑެސްޓިނޭޝަން އެވޯޑަށް ރާއްޖެ ނޮމިނޭޓްވެއްޖެ

ލީޑިން އެޑްވެންޗަރ ޑެސްޓިނޭޝަނާއެކު އިތުރު 35 އެވޯޑެއް ރާއްޖެއަށް

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ އައު ލޯގޯ އާއްމުކޮށްފި

TTH_advertisement