ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދިރިއުޅުމުގެ ހާލަތު ދަށްވެފައިވާ ފަރާތްތަކަށް ފެނަކައިން ވަޒީފާ ހަމަޖައްސަނީ

112

ދިރިއުޅުމުގެ ޙާލަތުދަށްވެފައިވާ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދޭން ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.

އާއިލީ ތަރައްގީއާ ބެހޭ މިނިސްޓްރީން މިއަދު ބުނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ދައުލަތުގެ ބެލުމުގެ ދަށުގައި ބަލަހައްޓަމުންދާ ފަރާތްތަކާއި، މާލީ ޙާލަތުގެ ސަބަބުން ދިރިއުޅުމުގެ ޙާލަތުދަށްވެފައިވާ ފަރާތްތަކަށް މަސައްކަތުގެ ތަޖުރިބާ އަދި ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ ގޮތުން އެ މިނިސްޓްރީއާ ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ދެމެދެ މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.

މި އެއްބަސްވުމުގެދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ދައުލަތުގެ ބެލުމުގެ ދަށުގައި ބަލަހައްޓަމުންދާ ފަރާތްތަކާއި، މާލީ ޙާލަތުގެ ސަބަބުން ދިރިއުޅުމުގެ ޙާލަތު ދަށްވެފައިވާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް އެދޭ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް ހޯދައިދިނުމުގެ މަސައްކަތްތައް ކުރާނެ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.

އާއިލީ ތަރައްޤީއާ ބެހޭ މިނިސްޓްރީން ބުނީ މި އެއްބަސްވުމަކީ އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރު ކުރުމަށާއި، މުޖުތަމަޢުގެ އެންމެހައި ފަރުދުންނަށް ހަމަހަމަ ފުރުޞަތުތައް ފަހިކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Q

ކުޑަރިކިލުގައި ސޯލާ-ޑީސަލް ބެޓެރި ހައިބްރިޑް ޕަވާ ސިސްޓަމް ގާއިމްކޮށް ނިމިއްޖެ

8q

އައްޑޫގައި ފެނަކައިގެ އިންޖީނިއަރިން ސްކޫލެއް އެޅުމަށް ނިންމައިފި

66

ކެންދޫގެ އާ އިންޖީނުގެ އާއި ފެނަކަ އޮފީސް ހުޅުވައިފި

98

ހަތަރު ރަށަކަށް ބޭނުންވާ ޖަނެރޭޓަރުތައް ގެނެސްފި