ކުއްލި ޚަބަރު

ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ރާއްޖެއިން ބޮޑު ނަތީޖާއަކުން އިންޑިއާ ބަލިކޮށްފި

ބޭންކް އޮފް މޯލްޑިވްސް އިން މަމްސް އެއިޑްގެ ބެކް ޓު ސްކޫލް ކެމްޕޭނަށް އެހީތެރިކަން ފޯރުކޮށްދީފި

އުތުރާއި މާލެ ސަރަޙައްދަށް ނުރައްކާތެރި މިންވަރަކަށް އަނެއްކާވެސް ވައި ނުސާފުވެއްޖެ

ސަރުކާރުގެ ސްކޫލަކުން ޖާގަ ނުދެވޭ ހާލަތުގައި މިނިސްޓްރީން ފީދައްކާނެ: މިނިސްޓަރު ޝަފީޢު

Minister Ismail Sahafeeu

ސަރުކާރުގެ ސްކޫލަކަށް ވަންނަން އެދި، އެ ރަށެއްގައި ހުންނަ ސަރުކާރުގެ ސްކޫލަކުން ޖާގަ ނުދެވޭ ހާލަތުގައި މިނިސްޓްރީން ފީ ދައްކާނެ ކަމަަށް އެޑިއުކޭޝަން މިނިސްޓަރު އިސްމާއީލް ޝަފީޢު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ އޭލެވަލްއަށް ކިޔަވަން އަމިއްލަ ސްކޫލުތަކުން ފީ ދައްކައިގެން ކިޔަވަންޖެހޭ ގޮތަށް ގެނައި ބަދަލާއި ގުޅިގެންނެވެ. މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ސްކޫލްތަކުގައި ހިލޭ ކިޔެވޭނެ ކަމަށެވެ.

އަދި ސަރުކާރުގެ ސްކޫލަކަށްވަންނަށް ނޭދި، އަމިއްލަގޮތުން ޕްރައިވެޓް ސްކޫލަކަށްދާ ކުއްޖާގެ ފީ ދެއްކުމަކީ ދައުލަތުގެ ޒިންމާއެއް ނޫން ކަމަށާ ގްރޭޑް 11 އަދި 12 އަށް ވަކި ގޮތެއް ހެދުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެގޮތަށް އެކަން ކުރާނަމަ ގްރޭޑް 1ން ފެށިގެން 10އަށް ސަރުކާރުގެ ސްކޫލަކަށް ވަންނަން ނޭދި އަމިއްލަ ގޮތުން ޕްރައިވެޓް ސްކޫލަށް ވައްދާ ކުއްޖާއަށް ވެސް ފީދައްކަން ވާނެ ކަމަށާ ނަތީޖާއަކީ އަމިއްލަ ސްކޫލްތަކުގެ ބޭނުން ކެނޑުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ދުނިޔޭގެ ބައެއް މަދު ގައުމުތަކުގައި ދީނީ ގޮތުންނާއި ސަޤާފީ ގޮތުން ހުންނަ ތަފާތުތަކަށް ރިޢާޔަތްކޮށް ބައެއް ދަރިވަރުންނަށް އެހީދޭ ކަމަށާ ނަމަވެސް ރާއްޖޭގައި އެފަދަ ހާލަތެއް ނެތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

“.. އެއް ދީނެއް. އެއް ސަގާފަތެއް. ކިޔަވައިދެނީ އެއް ކަރިކުލަމަކަށް، ކުދިން ހަދާނީ އެއް އިމްތިހާނެއް. އަމީނިއްޔާ ދަރިވަރުން ހަދާ އިމްތިހާނު ބިލަބޮންގ ގައިވެސް ހަދާނީ. ވ. އަތޮޅު ތަޢުލީމީ މަރުކަޒު ދަރިވަރުންހަދާ އިމްތިހާނު އިޔާޘުއްދީން ދަރިވަރުންވެސް ހަދާނީ,” މިނިސްޓަރު

އަދި ވިދާޅުވީ ބައެއް ސްކޫލް އިންޓަރނޭޝަނަލް ލޭބަލްގައި ހިންގިޔަސް، ހަގީގަތަކީ ނިޒާމު ގާއިމުކޮށްފައިވާގޮތުން ސާނަވީ ފެންވަރު އިމްތިހާނު ހަދާ ރާއްޖޭގެ ހުރިހާ ސްކޫލްތަކަކީވެސް އިންޓަރނޭޝަލް ސްޓޭންޑަޑުގެ ސްކޫލްތައް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Teachers

މުދައްރިސުންގެ ދަތިކަމެއް ނެތް، ސްޓޭންޑްބައިގަވެސް ޓީޗަރުން އެބަތިބި: ޑރ. އިސްމާޢީލް

school darivarun

ޖެނުއަރީ 10 ގެ ކުރިން ހުރިހާ ސްކޫލުތަކަށް ފޮތް ފޮނުވޭނެ: އެޑިއުކޭޝަން

ޅ. އަތޮޅު ތަޢުލީމީ މަރުކަޒަށް ކްލާސްރޫމް، އެޑްމިން ބްލޮކް އިމާރާތްކުރަން އެފްޑީސީއަށް

މާވަށު ސްކޫލުގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

TTH_advertisement