ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުޅުމާލޭ ހޮސްޕިޓަލްގައި އައިނު ފިހާރަ ހުޅުވައިފި

112

ހުޅުމާލެ ހޮސްޕިޓަލުގައި ސަރުކާރުގެ ދެވަނަ އައިނު ފިހާރަ މިއަދު ހުޅުވައިފިއެވެ.

‘އެމްސީޖީއެޗް އޮޕްޓިކަލްސް ހުޅުމާލެ’ގެ ނަމުގައި ހުޅުމާލެ ހޮސްޕުޓަލުގައި އައިނު ފިހާރަ ރަަސްމީކޮށް ހުޅުވައިދެއްވީ އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި، ބިނާރާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބެވެ.

ސަރުކާރުން އެންމެ ފުރަތަމަ އައިނު ފިހާރައެއް ހުޅުވީ އައިޖީއެމްއެޗްގައެވެ. މި ދެ އައިނު ފިހާރައިން ވެސް ކޮންމެ ދިވެހި ރައްޔިތަކަށް ހިލޭ އައިނު ހެއްދޭނެއެވެ.

މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވީ ހުޅުމާލޭ ހޮސްޕިޓަލްގެ އައިނު ފިހާރައިން ދުވާލަކު 34 އައިނާއި، 40 އައިނާ ދެމެދުގެ އަދަދަކަށް އައިނު ދޫކުރުމުގެ ކެޕޭސިޓީ ހުންނާނެ ކަމަށެވެ.

“އަޅުގަނޑުމެން މި ފިހާރައިގައި ހުރި ލެންސްތަކަށް ބަލާއިރު ބައެއް ފަހަރަށް ހަދަންޖެހޭނެ ކޮމްޕްލިކޭޓެޑް ލެންސް ވެސް. ފިހާރައިން ނުހެދޭ ލެންސް ރާއްޖެއިން ބޭރުން ވެސް ހަދައިގެން ހަމަ ގެނެވޭނެ،” ހަލީމް ވިދާޅުވިއެވެ.

އަތޮޅުތަކުގެ އެކި ހޮސްޕިޓަލްގައި ވެސް އައިނު ފިހާރަތައް ހުޅުވަން ސަރުކާރުން ވަނީ ނިންމަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހުޅުމާލެ ހޮސްޕިޓަލްގެ ވޯޑުތަކަށް ޖާގަ އަނެއްކާވެސް އިތުރުކުރަނީ

Main 20251010 170347

ހުޅުމާލެ ހޮސްޕިޓަލްގައި ކަކުލުގެ އާތުރޮސްކޮޕިކް ސާރޖަރީގެ ޚިދުމަތް

112

ހުޅުމާލޭ ހޮސްޕިޓަލުގައި މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމް ފަށަން ތައްޔާރުވެއްޖެ

ހުޅުމާލޭ ހޮސްޕިޓަލުގައި މެޑިކަލް އިންޓަރންޝިޕް ފުރިހަމަކުރުމުގެ ފުރުޞަތު ހުޅުވާލައިފި