ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މީޑިއާ ރެގިއުލޭޓް ކުރާ ބިލް މަޖިލީހަށް ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފި

majilis
TTH_Ads
STO_Ads
Advertisement

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަނެ، ދިރާސާކުރަން ކޮމިޓީއަށް ފޮނުވައިފިއެވެ.

ބުދަ ދުވަހު މަޖިލީހުގެ ދައުރުން ބޭރުގައި ބޭއްވި ޖަލްސާގައި އެ ބިލު ދިރާސާ ކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައިވަނީ އެކަމަށްޓަކައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 49 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އެ ބިލު ބަލައިގަތުމަށް ނުފެންނަކަމަށް 12 މެންބަރުން ވޯޓުދެއްވިއެވެ.

އަމިއްލަ މެމްބަރެއް ކަމަށްވާ ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި މި ބިލުގެ އިބްތިދާއީ ބަހުސް ވަނީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގައި ފަށައިފަ އެވެ.

HajjCop_ads
Advertisement

މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އުވާލައި، އެއް މުއައްސަސާއަކަށް ހެދުމަށް މިދިޔަ އަހަރުވެސް ހަންނާން ހުށަހެޅުއްވި އެވެ. އެ ބިލަށް ފާޑުކިޔުން އަމާޒުވެފައިވަނިކޮށް އޭނާ އެ އިސްލާހުތައް އަނބުރާ ގެންދެވީ އެވެ.

“މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު” ގެ ނަމުގައި މިފަހަރު ބިލު ހުށަހެޅުއްވި، މެމްބަރު ވިދާޅުވި ގޮތުގައި ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި ތަރައްގީކޮށް، ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމާއެކު ދޮގު ޚަބަރު ފެތުރުން ހުއްޓުވުމަށާއި ބްރޯޑްކާސްޓިން މީޑިއާ ހިމެނޭ ގޮތަށް މީޑިއާގެ ކަންކަން ރެގިއުލޭޓްކުރާނެ ވަކި މުއައްސަސާއެއް އުފެއްދުމަށެވެ.

ބިލުގައި، ދިވެހިރާއްޖޭގައި ހިންގާ މީޑިއާތައް ރެގިއުލޭޓްކުރާ މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން އުވާލައި، ވަކި ކޮމިޝަނެއް އެކުލަވާލުމަށް ވަނީ ހިމަނާފައެވެ.

މި ބިލުގެ ދަށުން އުފައްދަން ހުށަހަޅާފައިވާ ‘މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން’ އެކުލެވިގެންވަނީ ހަތް މެމްބަރުންގެ މައްޗަށެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެން ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާ ތިން މެމްބަރުންނާއި މީޑިއާތަކުން އިންތިހާބުކުރާ ހަަތަރު މެމްބަރުންނެވެ.

އެ ކޮމިޝަންގެ ޒިންމާތަކުގެ ތެރޭގައި ބްރޯޑްކާސްޓްކުރުމުގެ ދާއިރާއާ ބެހޭ މައްސަލަތަކުގައި ސަރުކާރަށް ލަފާދިނުމާއި ނޫސްވެރިކަމުގެ މިނިވަންކަމާއި، ޚިޔާލުފާޅުކުރުމަށް ގާނޫނުއަސާސީންނާއި ގާނޫނުން ބާރު ލިބިދޭ މިނިވަންކަން ދިރުވައި އާލާކުރުމާއި އެ ކަންކަމާ ގުޅޭގޮތުން އާއްމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރުން ހިމެނެ އެވެ.

ދޮގު ޚަބަރު ފަތުރާ ވަސީލަތްތައް ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކަށާއި އަދި ޚިދުމަތް ފޯރިކޯށްދޭ ފަރާތްތަކަށް އަންގައި އެފަދަ ފަރާތްތަކަށް ފިޔަވަޅު އެޅުން ވެސް އެ ކޮމިޝަންގެ ޒިންމާތަކުގެ ތެރޭގައި ހިމެނެ އެވެ.

މި ބިލު ފާސްކޮށް ގާނޫނަށް އަމަލުކުރަން ފެށުމާއެކު، މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަންގައި މަސައްކަތް ކުރާ މުވައްޒަފުން ‘މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން’ އަށް ބަދަލުވާނެ އެވެ. އަދި ކޮމިޝަނަށް މެމްބަރުން އައްޔަނުކުރެވެންދެން، ކޮމިޝަން ވަގުތީ ގޮތުން ހިންގާނީ ބިލުގައި ބުނެފައިވާ ގޮތުން، ސިވިލް ސާވިސް ކޮމިޝަނުން އެކުލަވާލާ ފަސް މެމްބަރުންގެ ވަގުތީ ކޮމިޓީއަކުންނެވެ. އެ މެމްބަރުން ވާންޖެހެނީ ސިވިލް ސާވިސްގައި މަސައްކަތް ކުރާ ޑިރެކްޓާ ޖެނެރަލްއަށް ވުރެ މަތީ މަގާމުތަކުގައި ތިބޭ ބަޔަކަށެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

43

ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

majilis

އެލްޖީއޭގެ މުވައްޒަފުން ސިވިލް ސަރވިސްއަށް ބަދަލުކުރުމަށް ލާމަރުކަޒީ ޤާނޫނަށް އިސްލާހެއް ހުށަހަޅުއްވައިފި

majilis

މެތަލްފެނެޑޭޓް އެތެރެކުރަން ހުއްދަ ދިނުމަށް މަޖިލީހުން ރުހުންދީފި

majilis

ސައިބަރ ވެށި ރައްކާތެރިކުރުމަށް މުހިންމު ބިލެއް މަޖިލީހަށް ހުށަހަޅައިފި