ކުއްލި ޚަބަރު

މާލޭ ސިޓީ ކައުންސިލުން 98 މިލިއަން ރުފިޔާ ނުދޭތީ ވެމްކޯއަށް މާލީ ބޮޑު ގެއްލުމެއް

އިޖުތިމާއީ އެހީއަށް އެދުމަށް ޚާއްސަ ހެލްޕް ޑެސްކެއް ގާއިމްކޮށްފި

ދަތިހާލުގައި އުޅުނު ފެލިދޫ އާއިލާއަކަށް ހެޔޮއެދޭ ފަރާތްތަކެއްގެ ދީލަތި އެހީގައި ގެއެއް ބިނާކޮށްދީފި

ގާޒާ ސިޓީ ހިފުމުގެ ޕްލޭންގެ ދަށުން ޒައިތޫން އަވަށް ބިމާހަމަކޮށްލައިފި، އިތުރު ދެ ރަށަކަށް ކުއްލި ހަމަލާތަކެއް ދެނީ

ޣައްޒާގައި ވެރިކަންކުރާ ގާޒާ ސިޓީ ހިފުމަށް އިސްތިއުމާރީ ޓެރަރިސްޓުން ދެމުންގެންދާ ހަމަލާތަކުގައި، ގާޒާ ސިޓީގެ ފުރަތަމަ އަވަށް ބިމާހަމަކޮށްލައިފިއެވެ.

ހަފްތާއެއްހާ ދުވަސް ވަންދެން އެއްގަމާއި ވައިގެމަގުން އެތައް ހަމަލާތަކެއް ދިނުމަށްފަހު އަދި އެތައް އާންމުން ޝަހީދުކުރުމަށްފަހު، ބިމާހަމަކޮށްލާފައިވަނީ ގާޒާ ސިޓީގެ ޒައިތޫން އަވަށެވެ.

ޒައިތޫން އަވަށުގެ އިތުރުން، ގާޒާގެ މުސްކުޅި ސިޓީވެސް ބިމާހަމަކޮށްލާފައި ވެއެވެ.

ޒައިތޫން އަވަށް ބިމާހަމަކޮށްލާފައި ވާއިރު، ޣައްޒާގެ އުތުރުގެ ރަށްތަކަށް ޓެރަރިސްޓުން ދެމުންގެންދާ ހަމަލާތައްވެސް ވަރަށް ވަރުގަދަ ކޮށްފައި ވެއެވެ.

އިސްތިއުމާރި ޓެރަރިސްޓުން މިއަދު ކުއްލިއަކަށްވަނީ، ޣައްޒާގެ އުތުރުން ޖަބަލިއާ އައްނަޒްލާ އަދި އަލް ސަފްތަވީ ސަރަހައްދަށް ވަރުގަދަ ވައިގެ ހަމަލާތައް ދޭން ފަށާފައެވެ.

މި ހަމަލާތަކުގައި އެތައް އާންމުން ޝަހީދުވެފައިވާ ކަމަށް، ޣައްޒާއިން ލިބޭ ޚަބަރުތައް ބުނެއެވެ. އަދި އެތައްބަޔަކު ޒަޚަމްވެފައިވާ ކަމަށްވެސް ބުނެއެވެ.

ޒައިތޫން އަވަށުގެ އިތުރުން، ސަބްރާ އަވަށް ސުންނާފަތި ކޮށްލުމުގެ ހަމަލާތައްވެސް ޓެރަރިސްޓުން މިހާރު ފަށާފައި ވެއެވެ.

އެއްގަމުމަގުން ޓޭންކާއި، ބުލްޑޯޒަރުތަކާ އެކު ޓެރަރިސްޓުން މިހާރު ގެންދަނީ ގާޒާ ސިޓީގެ އަވަށްތަކުގެ ތެރެއަށް ވަދެގަންނަވަމުންނެވެ.

މިއަދު އިރު އެރިފަހުން އެކަނިވެސް މިހާތަނަށް ޣައްޒާއިން 12 މީހުން ޝަހީދު ކޮށްލާފައި ވާއިރު، ޣައްޒާގެ އުތުރުގެ ދަރާޖް އަވަށުގެ ގެއަކަށް ބޮންއަޅައި ދެމީހުން ޝަހީދު ކޮށްލާފައި ވެއެވެ. ޣައްޒާގެ ދެކުނުގެ ރަށްތަކުން ކުޑަކުއްޖަކާއެކު ފަސްމީހުން ޝަހީދުކޮށްލާފައި ވެއެވެ.

ގާޒާ ސިޓީގެ ޝައިޚް ރަދްވާން އަވަށުގައި އާންމުން ދިރިއުޅޭ ޓެންޓަކަށްވެސް އިސްތިއުމާރީ ޓެރަރިސްޓުން ރޭގައި ބޮންއަޅައި އެތައްބަޔަކު ޒަޚަމްކޮށްލާފައި ވެއެވެ.

ޣައްޒާގެ ދެކުނުން ޚާން ޔޫނިސްއަށްވެސް ރޭގައި ވަރުގަދަ ހަމަލާތަކެއް ދީފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމެރިކާގެ ޖާސޫސީ ބޯޓުތައް އިރާންމަތިން އުދުހެން ފަށައިފި، އީރާނު އަސްކަރިއްޔާ ތައްޔާރީ ހާލަތަށް

ސަރުކާރަށް ތާއީދުކޮށް އީރާނުގެ އެތައް މިލިއަން މީހުން މަގުތަކަށް ނުކުތުމުން ހުޅަނގުގެ މީޑިއާ ބްލެކްއައުޓް، ވެރިން ހައްޕު!

އީރާނަށް އަސްކަރީ ހަމަލާދިނުމާ ގުޅޭ މަޝްވަރާތައް އަންގާރަ ދުވަހު ބާއްވަނީ

މުޅި ދުނިޔެއަށް ގޮންޖަހަމުން އިސްރާއީލުގެ ޚާރިޖީ ވަޒީރު ސޯމާލިލޭންޑަށް ހިނގައްޖެ

TTH_advertisement