ކުއްލި ޚަބަރު

މަހުލޫފް އެމްޑީޕީން ވަކިވެވަޑައިގެންފި

މާލޭ ގެއެއްގެ ބަދިގޭގައި އަލިފާނުގެ ހާދިސާއެއް

ސައުދީގެ އަލް އިމާމު މުޙައްމަދު އިބްނު ސަޢުދު އިސްލާމިކް ޔުނިވާސިޓީން ރާއްޖޭގެ އިސްލާމީ ލައިބްރަރީތަކަށް 64,000 ފޮތް ހަދިޔާކޮށްފި

މަޢުރިފާ 2025، ފޮތް މަޢުރަޒު ހުޅުވައިފި

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ޕަބްލިކޭޝަން ޔުނިޓުގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ ފޮތްމައުރަޒު “މަޢުރިފާ 2025″ މިއަދު ހުޅުވައިފިއެވެ.

އިއްޔެ ހަވީރު 04:00 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު ރަސްމިއްޔާތެއްގައި މި މައުރަޒު ހުޅުއްވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓު މިނިސްޓަރ އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރެވެ.

މި މަހުގެ 26 އިން 28 އަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި އޮންނަ މި މައުރަޒުގައި، ރާއްޖޭގައި ފޮތް އުފައްދާ އަދި ފޮތްވިއްކާ ގިނަ ފަރާތްތަކަކުން ވަނީ ބައިވެރިވެފައެވެ.

މައުރަޒަށް ޒިޔާރަތްކުރައްވާ ފަރާތްތަކަށް ޢާއްމުކޮށް ފިހާރަތަކުން ލިބެންހުންނަ އަގަށްވުރެ ހެޔޮ އަގުގައި ފޮތް ގަންނަން ލިބެން ހުންނާނެއެވެ.

ލިބެންހުރި ފޮތްތަކުގެ ތެރޭގައި ދީނީފޮތްތަކާއި، ދިވެހިބަހުގެ ފޮތްތަކާއި ކުޑަކުދީންގެ ފޮތްތަކުގެ އިތުރުން ބަސްދަސްކުރާ ޢުމުރުފުރައިގެ ކުދީންނަށް ޚާއްޞަކުރެވިފައިވާ ފޮތްތައް ހިމެނެއެވެ.

މި މައުރަޒު މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހަވީރު 04:00 އިން 06:00 އަށް އަދި ރޭގަނޑު 08:00 އިން 10:00 އަށް ހުޅުވިފައި ހުންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

11

މަހުލޫފް އެމްޑީޕީން ވަކިވެވަޑައިގެންފި

މާލޭ ގެއެއްގެ ބަދިގޭގައި އަލިފާނުގެ ހާދިސާއެއް

Whatsapp image 2025 09 08 at 14.08.11

ސައުދީގެ އަލް އިމާމު މުޙައްމަދު އިބްނު ސަޢުދު އިސްލާމިކް ޔުނިވާސިޓީން ރާއްޖޭގެ އިސްލާމީ ލައިބްރަރީތަކަށް 64,000 ފޮތް ހަދިޔާކޮށްފި

ބޮޑުތަކުރުފާނު މަގު ޝީޓްޕައިލް ކުރުމުގެ މަސައްކަތް ނިންމާލައިފި

TTH_advertisement ELL Mobile Advertisement