ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނުހައްގު މުއްސަނދިކަމުގެ މައްސަލަތައް ތަހުގީގުކޮށް މުދާ ދައުލަތަށް ނަގަން ފަށާނަން: ފުލުހުން

112

ގޭންގު ކުށްތަކާ ބެހޭ އާ ގާނޫނުގެ ދަށުން، ކުށްކުރާ ގްރޫޕްތަކުގެ މީހުންގެ ނުހައްގު މުއްސަނދިކަމުގެ މައްސަލަތައް ތަހުގީގުކޮށް، އެ މީހުން ނުހައްގުން ހޯދާފައިވާ މުދާ ދައުލަތަށް ނެގުމުގެ މަސައްކަތް ފަށާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އިއްޔެ އަމަލުކުރަން ފެށި ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނު ތަންފީޒުކުރުމަށް ފުލުހުންގެ ފަރާތުން ވަރަށް ހާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

މީގެ ތެރޭގައި ކުށްކުރާ ގްރޫޕްތައް ކަނޑައެޅުމާއި އެފަދަ ގްރޫޕްތަކަށް ނިސްބަތްވާ މީހުންގެ މައްޗަށް މޮނިޓާކޮށް ކޮންޓްރޯލްކުރުމުގެ އަމުރު ނެރުމުގެ އިންތިޒާމު ހައި ކޯޓު މެދުވެރިކޮށް ހަމަޖެއްސުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމުގެ މަސައްކަތް ހިމެނެއެވެ.

ފުލުހުން ބުނީ، ރާއްޖޭގައި ޖަމާއަތް ހަދައިގެން ކުށްކުރާ ހުރިހާ ގުރޫޕުތަކުގެ ރިޕޯޓްތައް ތައްޔާރުކޮށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި މީގެ އިތުރުން، ކުށްކުރާ ގްރޫޕްތަކަށް ކުޑަކުދިންނާއި ޒުވާނުން ރެކްރޫޓްކުރާ މައްސަލަތަކަށް ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށްވެސް ފުލުހުން ބުންޏެވެ.

މި މަސައްކަތުގެ ތެރޭގައި، ކުށްކުރާ ގްރޫޕްތައް އެއްވާ ސަރަހައްދުތަކުގައި ފުލުހުންގެ ހާޒިރީ އިތުރުކޮށް، އެ ސަރަހައްދުތަކުގައި ތިބޭ މީހުން ބަލައި ފާސްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށާއި، އަދި ކުށްކުރުމަށް ބޭނުންކުރާ އަމިއްލަ ތަންތަން ރެއިޑްކޮށް، ބަލައި ފާސްކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދާނެކަމަށް ފުލުހުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

އ އާދަމް
މޮޅުވާހަކަ އެއް ބުނެލެވޭތޯ ކޮންމެ މުއައްސަސާއަކުން ވެސް މަސައްކަތް ކުރަނީ

ގުޅުންހުރި

Ui

ސިނަމާލެ ބްރިޖް ދަށުގައި ބިދޭސީންތަކެއް ދިރިއުޅޭ މައްސަލައެއް ބަލަނީ

police

ޒާތީ ފޮޓޯ އާއި ވީޑިއޯ ނަހަމަގޮތުގައި ބޭނުންކުރާ މައްސަލަ އިތުރުވެއްޖެ: ފުލުހުން

78

ހުޅުމާލޭގައި މީހަކު ރަހީނުކުރި މައްސަލައަކާ ގުޅިގެން ބިދޭސީންތަކެއް ހައްޔަރުކޮށްފި

Ui

ކުޑަކުދިންނަށް ޖިންސީ ގޯނާކުރަމުންދިޔަ މީހަކު ހައްޔަރުކޮށްފި