ކުއްލި ޚަބަރު

ޑްރަގްގެ ވިޔަފާރި ކުރާ މީހުންނަށް ރާއްޖޭގައި އުޅެން އުނދަގޫވާވަރު ކުރާނަން: އިހްސާން

ރައީސްގެ އެންގެވުމަށް ޑްރަގާ ދެކޮޅު ބޮޑު އޮޕަރޭޝަނެއް ފަށައިފި

ބީއެމްއެލް މެދުވެރިކޮށް 3000 ހައުސިން ޔުނިޓު އަޅަން ބިން ހަވާލުކޮށްފި

ހާއްސަ ހާލަތެއް ނެތި ދިރާސީ އަހަރެއްގައި ސްކޫލު ބަދަލުކުރެވޭނީ ދެ ފަހަރު: މިނިސްޓްރީ

school

ޚާއްސަ ހާލަތެއް ނެތި ދަރިވަރުން ސްކޫލު ބަދަލުކުރެވޭނީ ދިރާސީ އަހަރެއްގައި ދެ ފަހަރު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ.އަޙްމަދު މުޙައްމަދު ވިދާޅުވި ގޮތުގައި، މީގެ ކުރިން ދިރާސީ އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ސްކޫލު ބަދަލުކުރުމުގެ ފުރުސަތު އޮތްނަމަވެސް، އަންނަ އަހަރުގެ އެކަޑަމިކް ކަލަންޑަރުގައި މި އުސޫލަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ.

އައު އުސޫލުގެ ދަށުން، ދިރާސީ އަހަރު ފެށެންވާއިރަށް ދަރިވަރުން ބަދަލުކުރަން ބޭނުންވާނަމަ، ދެވަނަ ޓާމު ނިމުމުގެ އެއް މަސް ދުވަހުގެ ކުރިން މިނިސްޓްރީއަށް ހުށަހަޅަންޖެހޭނެއެވެ. އަދި ދެވަނަ ޓާމަށް ބަދަލުކުރަން ބޭނުންވާނަމަ، ފުރަތަމަ ޓާމު ނިމުމުގެ އެއް މަސް ދުވަހުގެ ކުރިން ހުށަހަޅަންޖެހޭނެއެވެ.

“ދަރިވަރުން އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުކުރުމުގައި ނިޒާމީ ގޮތެއްގައި ގެންގުޅެންޖެހޭ. ދުނިޔޭގެ ބެސްޓް ޕްރެކްޓިސްއަށް ބަލާއިރުވެސް ދިރާސީ އަހަރުގެ ތެރޭގައި ކުދިން ކޮންމެ ކޮންމެ ވަގުތަކު ބަދަލުނުކުރެވޭ،” ޑރ. އަޙްމަދު މުޙައްމަދު

ނަމަވެސް ހާއްސަ ހާލަތްތަކުގައި، އެ ހާލަތެއް ބެލުމަށްފަހު ސްކޫލު ބަދަލުކުރުމުގެ ފުރުސަތު ދެވޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އަލަށް ސްކޫލަށް ކުދިން ވެއްދުމަށް ކަނޑައަޅާފައިވާ މުއްދަތަކީ 12 ޖުލައިން 31 އޯގަސްޓްއާ ހަމައަށެވެ.

ދަރިވަރުން ސްކޫލު ބަދަލުކުރުމަށް ދެ މަރުހަލާއެއް ކަނޑައަޅާފައިވެއެވެ. މިގޮތުން ފުރަތަމަ މަރުހަލާގެ ގޮތުގައި މެއި މަހުގެ 17 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 15 ވަނަ ދުވަހާ ހަމައަށް ވަނީ ކަނޑައަޅާފައެވެ. އަދި ދެވަނަ މަރުހަލާގެ ގޮތުގައި އޮކްޓޫބަރު މަހުގެ 18 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހާ ހަމައަށް ވަނީ ކަނޑައަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ތަޢުލީމީ ދާއިރާއިން 31 މަޝްރޫޢުއެއް އަމިއްލަ ކުންފުނިތަކަށް ހަވާލުކޮށްފި

ކުރެންދޫ ސްކޫލުގެ މަލްޓި ޕަރޕަސް ހޯލު ރަސްމީކޮށް ހުޅުވައިފި

ދަރީންނަށް ތަޢުލީމު ދިނުމަކީ ޤައުމުގެ މުސްތަޤްބަލަށްޓަކައި ކުރެވޭ އެންމެ އަގުހުރި އިންވެސްޓްމަންޓް: ރައީސް

ބޮޑު ބަންދަކަށްފަހު ދިރާސީ އާ އަހަރުގެ ކިޔެވުން ފެށެނީ

TTH_advertisement