ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްޕީއެލްއިން ކެރިއާ ގައިޑެންސް ސެޝަނެއް ކުރިއަށް ގެންގޮސްފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ވަޒީފާގެ މަސައްކަތުގެ މައުލޫމާތު ދިނުމަށް ކެރިއާ ގައިޑެންސް ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

އެމްޕީއެލްއިން ވިދާޅުވީ މިނިސްޓްރީ އޮފް ޔޫތް އެމްޕަވާމެންޓް އިންފޮމޭޝަން އެންޑް އާޓްސްއާއި ގުޅިގެން ކުރިއަށް ގެންދާ ބަދަހި ޕްރޮގްރާމްގެ ދަށުން ކެރިއާ ގައިޑެންސް ސެޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އެ ސެޝަންގައި ވަޒީގެ ފުރުސަތުތަކާއި ވަޒީފާގެ މާހައުލުގެ މައުލޫމާތު ބައިވެރިންނަށް ހިއްސާކޮށްފައިވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އަދި މާލޭ ކޮމާޝަލް ހާބަރުގެ މައުލޫމާތާއި ބައިނަލްއަގްވާމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތައް ވެސް އެ ސެޝަންގައި ހިއްސާކޮށްފައިވާނެ ކަމަށް އެމްއޭސީއެލްއިން ވިދާޅުވެއެވެ.

އެ ސެޝަންގެ ބައިވެރިންނަށް އެމްއޭސީއެލްގެ މަސައްކަތަކާއި ޑިޕާޓްމެންޓްތަކުން ކުރިއަށް ގެންދާ ވަކިވަކި ހާއްސަ މަސައްކަތްތައް ސާފުވެގެން ދިޔަ ކަަމަށް ވެސް ވިދާޅުވިއެވެ. އަދި އެ ކުންފުނީގައި ހުރި ފުރުސަތުތައް އެނގިގެންދިޔަ ކަމަށެވެ.

އެމްޕީއެލްއިން ވިދާޅުވީ ކެރިއާ ސެޝަންގެ މަގުސަދަކީ ބައިވެރިންނަށް ވަޒީފާގެ މާހައުލުގެ މައުލޫމާތު ފޯރުކޮށްދީ އެ މީހުން އެމްޕަވާކުރުން ކަމަށެވެ. އަދި އެ މީހުންނަށް ހުރި ފުރުސަތުތައް އަމިއްލައަށް ދެނެގަތުމަށް މަގުފަހިކޮށްދިނުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

MPL

އައު ވިޔަފާރި ބަނދަރު: ޓަރމިނަލާއި ފެސިލިޓީތަކުގެ ޑިޒައިން ތައްޔާރުކުރާނެ ބަޔަކު ހޯދަނީ

eid

އީދު ހަވީރު: ތިން ދުވަހަށް އީދު ފާހަގަކުރުމުގެ ހަރަކާތްތައް މާލޭ ސަރަހައްދުގައި ކުރިއަށްދާނެ

ސަރުކާރުން ގެންނަ އެމްބިއުލާންސްތައް މަރާމާތުކޮށް ބެލެހެއްޓުން އެމްޕީއެލްއާ ހަވާލުކޮށްފި

14 ރަށަކަށް ބޭނުންވާ އެމްބިއުލާންސްތައް ހަވާލުކޮށްފި