ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަކުނުދޫ ޕޮލިސް ސްޓޭޝަންގެ އަމަލީ މަސައްކަތް ފަށައިފި

ހދ. މަކުނުދޫ ޕޮލިސް ސްޓޭޝަންގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

މަކުނުދޫގެ ޕޮލިސް ސްޓޭޝަންގެ އަމަލީ މަސައްކަތް ފަށައިފައި މިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު، މިހާރު ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މަކުނުދޫގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ރައީސް މުއިއްޒުވެސް ބައިވެރިވެވަޑައިގެންނެވި އެ ރަސްމިއްޔާތުގައި ޕޮލިސް ސްޓޭޝަންގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާނެވެ.

މަކުނުދޫ، ޕޮލިސް ސްޓޭޝަންގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާ އެވެ.

މިއީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ފުޅާކުރެއްވުމަށް ރައީސް ޑރ. މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ފައްޓަވާފައިވާ މަޝްރޫއެކެވެ.

މިއަހަރު ތެރޭގައި ވެސް ގިނަ ރަށްރަށުގައި ވަނީ ފުލުހުންގެ މަރުކަޒުތައް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށައިފައެވެ. އަދި ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ގާއިމުކުރުން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ދެން މަކުނުދޫއަށް އަންނާނީ އެއަރޕޯޓް ނިންމައި އެތަން ހުޅުވަން: ރައީސް

މަކުނުދޫ އެއަރޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއަށް

މަކުނުދޫ ފިޓްނެސް އެންޑް ރިކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފި

މަކުނުދޫ އާ ހެލްތު ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި