ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަކުނުދޫ އާ ހެލްތު ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި

TTH_Ads
STO_Ads
Advertisement

ހދ. މަކުނުދޫ އާ ސިއްހީ މަރުކަޒުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މަކުނުދޫގެ އާ ސިއްހީ މަރުކަޒުގެ އަމަލީ މަސައްކަތް ފަށައިފައިމިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު، މިހާރު ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މަކުނުދޫގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ރައީސް މުއިއްޒުވެސް ބައިވެރިވެވަޑައިގެންނެވި އެ ރަސްމިއްޔާތުގައި ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމެވެ.

HajjCop_ads
Advertisement

މަކުނުދޫ ސިއްހީ މަރުކަޒުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 104 މިލިއަން ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ އެވެ. އެ މަޝްރޫއުގެ އެއްބަސްވުމުގައި ފެނަކައިން ސޮއިކޮށްފައި ވަނީ މިއަހަރުގެ މާޗު މަހުގެ 13 ވަނަ ދުވަހުގައެވެ.

އެ މަޝްރޫއުގެ ދަށުން ސިއްހީ މަރުކަޒުގެ ޖާގަ އިތުރުކޮށް ހިދުމަތް ދިނުމަށް ބޭނުންވާ ވަސީލަތްކުގެ ޖާގަ އިތުރު ކުރާނެއެެވެ.

ސިއްހީ މަރުކަޒު ތަރައްގީކޮށް ނިމޭއިރު ފެންވަރު ރަނގަޅު ލެބޯޓަރީއެއްވެސް ގާއިމުކުރެވިގެންދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އަދި މަރުކަޒަށް ބޭނުންވާ މުވައްޒަފުން ހޯދުމުގެ މަސައްކަތް މިއަހަރާއި މިއަންނަ އަހަރު ސަރުކާރުން ކުރާނެ ކަމަށް ވަނީ ބުނެފައެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މަކުނުދޫ އަންހެނުންގެ ކޮމެޓީން ތަރައްގީކުރި “ހިޔަލަ ޕާކް” ހުޅުވައިފި

ދެން މަކުނުދޫއަށް އަންނާނީ އެއަރޕޯޓް ނިންމައި އެތަން ހުޅުވަން: ރައީސް

މަކުނުދޫ އެއަރޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއަށް

މަކުނުދޫ ޕޮލިސް ސްޓޭޝަންގެ އަމަލީ މަސައްކަތް ފަށައިފި