ކުއްލި ޚަބަރު

ގއ. އަތޮޅު ޑްރަގް ނެޓްވޯކްގެ މެންބަރުންގެ އެކައުންޓްތަކުގައި 300 މިލިއަން ރުފިޔާ ވަނީ ދައުރުކޮށްފައި: ފުލުހުން

މަސްތުވާތަކެއްޗާއެކު މާލެއިން މީހަކު ހައްޔަރުކޮށްފި

ކުޅުންތެރިއަކަށް ޖިންސީ ގޯނާކުރި ވޮލީ ކޯޗެއްގެ މައްސަލަ ބަލަނީ

ފިނޭންސްގެ އެޑްވައިޒަރަކަށް ހަމްދޫން ހަމަޖައްސަވައިފި

Hamdhoon hameed 1

ފިނޭންސް މިނިސްޓްރީގެ އެޑްވައިޒަރަކަށް ކުރީގެ ޕްލޭނިން އެންޑް ނެޝަނަލް ޑިވެލޮޕްމަންޓް މިނިސްޓަރު ހަމްދޫން ހަމީދު އައްޔަނުކޮށްފި އެވެ.

ހަމްދޫން އެ މަގާމަށް އައްޔަނުކުރިކަން ފިނޭންސުން ކަށަވަރުކޮށްދިން ނަމަވެސް ސީދާ ތާރީހެއް ހާމައެއް ނުކުރެ އެވެ. ރައީސް އޮފީހުގެ ވެބްސައިޓުގައިވެސް އަދި އެ މައުލޫމާތު ހާމަކޮށްފައެއް ނެތެވެ.

ހަމްދޫން ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޕްލޭނިން މިނިސްޓަރުކަން އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސިންގަޕޫރުގައި ހުންނަވާ ނޮން ރެސިޑެންޓް ސަފީރުކަން ކުރައްވައިފަ އެވެ. އަދި ރައްޔިތުންގެ މަޖިލިހުގެ މެްބަރުކަން ވެސް އޭނާ ވަނީ ކުރައްވައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު
TTH_advertisement