ކުއްލި ޚަބަރު

އުނގޫފާރު ރީޖިނަލް ހޮސްޕިޓަލުގައި ކީމޯތެރަޕީގެ ޚިދުމަތް ފަށައިފި

ރާއްޖެ އާއި އޯޕެކް ފަންޑާ ދެމެދު މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފި

ޗޮކްލެޓް ސިރަޕް ފުޅީގައި ޑްރަގް ސަޕްލައިކުރާ ފަރާތާ އަހްމަދު އަލީ ބައްދަލުކުރި: ފުލުހުން

ހަނިމާދޫން ގެ ލިބޭނީ މިމަހު 24 އާ ހަމައަށް ހިރިމަރަދޫން ގޯތި ލިބިފައިވާ ފަރާތްތަކަށް: ހައުސިން

ހދ. ހިރިމަރަދޫން އެއަތޮޅު ހަނިމާދޫއަށް ބަދަލުވާ ފަރާތްތަކުގެ ތެރެއިން ގެ ލިބޭނީ މިމަހު 24 އާ ހަމައަށް ހިރިމަރަދޫން ގޯތި ލިބިފައިވާ ފަރާތްތަކަށްކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ހައުސިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ހިރިމަރަދޫގައި ގޯއްޗެއް އޮވެފައި ގެއެއް އިމާރާތް ނުކޮށް ހުރި ފަރާތްތަކަށްވެސް ހަނިމާދޫން ގެ ލިބޭނެ ކަމަށެވެ.

އެހެންކަމުން ހިރިމަރަދޫން ގޯތި ލިބިފައިވާ ފަރާތްތައް އެހެން ފަރާތެއްގެ ނަމަށް އެތަން ބަދަލުކުރުމާއި ގޯތި ބައިބައިކުރުމާއި އެއްމެދު ކުރުން ފަދަ ގޯތީގެ ރަޖިސްޓްރީއަށް ބަދަލުއަންނަ ފަދަ ކަންކަން ނުކުރަން ވަނީ އިލްތިމާސްކޮށްފަ އެވެ.

ހަނިމާދުއަށް ބަދަލުވާ ހިރިމަރަދޫގެ ރައްޔިތުންގެ ހައުސިން ޔުނިޓް ހެދުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ހަވާލުކޮށް މިހާރުވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

ހދ. ހިރިމަރަދޫ ރައްޔިތުން އެ އަތޮޅު ހަނިމާދުއަށް ބަދަލުކުރަން ސަރުކާރުން ނިންމައިފައިވަނީ މި އަހަރުގެ ފެބްރުއަރީ އެއްްވަނަ ދުވަހުގައެވެ.

ހިރިމަރަދޫގައި މިމަހު 24ގައި ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ހިރިމަރަދޫގައި މިހާރު ހުރި ކޮންމެ ގޯއްޗަކަށް، ހަނިމާދޫން ގޯއްޗެއް ދޭނެ ކަމަށާއި 154 ގޯތި މިހާރު ހިރިމަރަދޫގައި އޮތް ކަމަށް ކައުންސިލުން މައުލޫމާތުދޭ ކަމަށެވެ. އަދި ހަނިމާދޫން ގޯތީގައި ގެއެއް ހަދައިދީ، ހިރިމަރަދޫ ރައްޔިތުންނާ ހަވާލުކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ހދ. ހިރިމަރަދޫގެ ރައްޔިތުން އެންމެ މަދުވެގެން 18 މަސްދުވަހުގެ ތެރޭގައި ހަނިމާދުއަށް ބަދަލުކޮށްދީ ނިންމާނެ ކަމަށް ރައީސްވަނީ ވިދާޅުވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ކައުންސިލް އިންތިހާބުގައި ހިރިމަރަދޫ މީހުން ވޯޓުލާނީ ހަނިމާދޫ ކައުންސިލަށް

raees muiz

ހިރިމަރަދޫ ރައްޔިތުން ހަނިމާާދޫއަށް ބަދަލުކުރަން ރައީސްގެ ގަރާރަަކުން ނިންމަަވައިފި

ފިޔޯރީގެ މަގު ހެދުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ގުޅިފަޅުން ގޯތި ލިބުނު 2000 އަށްވުރެ ގިނަ މީހުންނަށް ރަޖިސްޓްރީ ހަވާލުކޮށްފި

TTH_advertisement