ހދ. ނޮޅިވަރަމްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރަން އާރްޑީސީއާ ހަވާލުކޮށްފިއެވެ.
އާރްޑީސީން މިއަދު ބުނީ ޑިޒައިން އެންޑް ބިލްޑް އުސޫލުގެ ދަށުން ހދ. ނޮޅިވަރަމްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫއުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި އެ ކޯޕަރޭޝަނާއެކު މިއަދު ސޮއިކޮށްފައިވާ ކަމަށެވެ.
މި އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނސްޓަރު ޑރ. އަބްދުﷲ މުއްޠަލިބެވެ.
އަދި މި އެއްބަސްވުމުގައި އާރްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާޙިމް ނަޒީމްއެވެ.
އެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހދ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، ނޮޅިވަރަމްއަށް ވަޑައިގަތުމުން ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
ކިޔުންތެރިންގެ ހިޔާލު