ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހަނިމާދޫ ސްކޫލުގެ އައު އިމާރާތުގެ މަސައްކަތް އެފްޑީސީއާ ހަވާލުކޮށްފި

ހަނިމާދޫ ސްކޫލްގެ އައު އިމާރާތާއި އެސްކޫލުގެ އުމްރާނީ ވަޞީލަތް ތަރައްޤީކުރުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނާ ހަވާލުކޮށްފިއެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ރަޢީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަނިމާދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މިގޮތުން މި އެއްބަސްވުމުގައި ތަޢުލީމީ ވުޒާރާއިން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ހުސައިން ސަޢީދު މުހައްމަދުއެވެ. އަދި ފަހި ދިރިއުޅުން ކޯޕަރޭޝަނުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ރައްޒާންއެވެ.

މި ބައްދަލުވުމުގައި ސްކޫލް މަޝްރޫޢުއަށް އަލިއަޅުވާލައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ހަނިމާދޫ ސްކޫލްއަށް އުމްރާނީ ވަޞީލަތްތައް އިތުރުކުރުމުގެ މަޝްރޫޢުއަކީ މުހިއްމު މަޝްރޫޢުއެއްކަމަށެވެ. ސްކޫލް މަޝްރޫޢުކުރިއަށްގެންދާނީ އެރަށުގެ ދަރިވަރުންނަށް ބޭނުންވާ ޖާގައާއި ހަނިމާދޫއަށް ބަދަލުކުރާ ހިރިމަރަދޫގެ ދަރިވަރުންނަށްވެސް ޖާގަ ލިބޭގޮތަށްކަމަށެވެ. މިގޮތުން 8 ކްލާސްރޫމްއާއި ސައިންސް ލެބާއި ސްޓާފްރޫމްއާއި ލައިބްރަރީފަދަ ހުރިހާ ޚިދުމަތްތައް ހިމެނޭގޮތަށްކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވަނީ އެމްއެންޑީއެފްއަށް ހަވާލުކޮށްފައިވާ އިމާރާތް މަތީ ތަޢުލީމަށް ޚާއްސަކުރާ އިމާރާތަކަށް ހައްދަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހަނިމާދޫގައި އެސްޓީއޯ ރޭޓުގައި ތެޔޮ ވިއްކަން ފަށައިފި

98

އެފްޑީސީގެ ޗެއާޕާސަން ކަމުން ނަޝްވާ ވަކިކޮށްފި

Hanimaadhoo

ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރެއް އެޅުމަށް އިއުލާންކޮށްފި

Amaan

އަލިފާނުގެ ހާދިސާގައި އަމާން ދޯދި ޓަވަރު އެއްގެ ފެންހޮޅިތަކަށް ގެއްލުން ވެއްޖެ