ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހިރިމަރަދޫ މީހުން ހަނިމާދޫ އަށް ބަދަލުކުރުމުގެ މަޝްރޫޢޫ އެޗްޑީސީ އަށް

Photo 6150085120388876301 y raq8cmuuc3yk9dxs5won5rog5t53lrsv6nzljf9190

ހދ. ހިރިމަރަދޫ މީހުން އެ އަތޮޅު ހަނިމާދޫ އަށް ބަދަލުކުރުމަށް ބޯހިޔާވަހިކަން ގާއިމުކުރުމުގެ މަޝްރޫޢޫ އާއި ހިރިމަރަދޫ މީހުންނަށް ހަނިމާދޫގައި ބޯހިޔާވަހިކަން ގާއިމުކޮށްދޭ ސަރަހައްދުގެ މުނިސިޕަލް ޚިދުމަތްތައް ގާއިމުކުރަން ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މިއަދު ހަވާލުކޮށްފިއެވެ.

ހިރިމަރަދޫ މީހުން އެ އަތޮޅު ހަނިމާދުއަށް ބަދަލުކުރަން ސަރުކާރުން ނިންމައި އެކަން ޢިއުލާންކޮށްފައި ވަނީ 1 ފެބްރުއަރީ 2025 ގައެވެ.

ހދ.އަތޮޅުގެ މީހުން އުޅޭ ރަށްތަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ދަތުރުފުޅެއް ފައްޓަވާފައިވާއިރު، އެ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއް ގޮތުގައި ވަޑައިގެންފައި ވަނީ ހިރިމަރަދޫ އަށެވެ.

ރައީސްގެ މި ޒިޔާރަތުގެ ތެރެއިން އެމަނިކުފާނު ހިރިމަރަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވަނީ އެރަށު މީހުން އެ އަތޮޅު ހަނިމާދޫ އަށް ބަދަލުކުރުމަށް ބޯހިޔާވަހިކަން ގާއިމުކުރުމުގެ މަޝްރޫޢޫ އާއި ހިރިމަރަދޫ މީހުންނަށް ހަނިމާދޫގައި ބޯހިޔާވަހިކަން ގާއިމުކޮށްދޭ ސަރަހައްދުގެ މުނިސިޕަލް ޚިދުމަތްތައް ގާއިމުކުރުމުގެ ފްރޭމްވޯކް އެއްބަސްވުމުގައި ސޮއިކުރުން ކުރިއަށް ގެންދަވާފައެވެ.

މި އެއްބަސްވުމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ ޢަލީ ޒުހައިރެވެ.

ހިރިމަރަދޫގެ އާބާދީ ވަރަށް ބޮޑަށް މަދުވުމުގެ ސަބަބުން އެ ރަށު މީހުން އެހެން ރަށަކަށް ބަދަލުކޮށްދިނުމަށް ސަރުކާރުގައި އެދެމުން އަންނަތާ މިހާރު ވަނީ އެތައް އަހަރެއް ވެފައެވެ. އެކަމާ ގުޅޭ ގޮތުން، ރަށު ކައުންސިލުން ސަރުކާރާ އެކު އެތައް މަޝްވަރާތަކެއް ވެސް ވަނީ ބާއްވާފައެވެ

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ދޮރުން ދޮރަށް ހަރަކާތުގެ ދެވަނަ ބުރުގައި މިއަދު މާފަންނު ހުޅަނގަށް ރައީސް ވަޑައިގެންފި

dhigu rashu

ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާ ފުރިހަމައަށް ތަހުގީގުކުރަން ރައީސް އަންގަވައިފި

ދިގުރަށުގެ އަލިފާނުގެ ހާދިސާގައި ނިޔާވި މީހުންގެ އާއިލާތަކަށް ރައީސް ތަޢުޒިޔާ ފޮނުއްވައިފި

ރައީސްގެ ދެކަނބަލުން އީދުސަލާން ކުރެއްވުން މިފަހަރުވެސް މުލިއާގޭގައި އޮންނާނެ